ބަންގްލަދޭޝްގެ ޖަމާޢަތޭ އިސްލާމީން އިންޑިއާ ބޯޑަރު ކައިރިއަށް މާޗްކުރަން ނިންމައިފި

ބަންގްލަދޭޝްގެ ޖަމާޢަތޭ އިސްލާމީއާއި އެ ޕާޓީއާ ގުޅިފައިވާ އިސްލާމީ އިއްތިޙާދުން، އިންޑިއާ ބޯޑަރު ސަރަޙައްދުގައި ބަންގްލަދޭޝްގެ ރައްޔިތުން މެރުމާއި ނުޙައްޤުން މީހުން ބޭރުކުރުމާ ދެކޮޅަށް ހުކުރު ދުވަހު ބޮޑު މާޗެއް ބޭއްވުމަށް ނިންމައިފިއެވެ. މި ދަނޑިވަޅަކީ ނިއުދިއްލީގައި އިންޑިއާއާއި ބަންގްލަދޭޝްގެ އިސްވެރިންގެ މެދުގައި މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ވަގުތެކެވެ.

ޝަފީޤުއްރަޙްމާން އިސްކޮށް ހުންނަވައި ހިންގަވާ 11 ޕާޓީގެ މި އިދިކޮޅު އިއްތިޙާދުން ބުނި ގޮތުގައި، ހުކުރު ދުވަހު ބޯޑަރު ސަރަޙައްދުގެ އެކި ހިސާބުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއަށްދާނެއެވެ.

އަދި 15 ޖޫން ވާ ހޯމަ ދުވަހު ވެރިރަށް ޑާކާގައި ބޮޑު ހިންގާލުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

މި އިއްތިޙާދުން ވަނީ ބޮޑުވަޒީރު ތާރިޤް ރަޙްމާންގެ ބީއެންޕީ ސަރުކާރުގެ ބަލިކަށިކަމަށް ފާޑުކިޔައި، އިންޑިއާގެ ބޯޑަރު ސެކިއުރިޓީ ފޯސް (ބީއެސްއެފް) އިން ބަންގްލަދޭޝްގެ މައުޞޫމް ރައްޔިތުންނަށް ބަޑީގެ ޙަމަލާދީ މަރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.

ހިއްސާ ކުރައްވާ!