އަފްޣާނިސްތާނުގެ އިރުމަތީ ސަރަޙައްދަށް މި ހަފުތާގައި ދިން ވައިގެ ޙަމަލާތަކެއްގައި 11 ކުޑަކުދިންނާ 13 މައުޞޫމް ރައްޔިތުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެ ކަމަށް އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ހާމަކޮށްފިއެވެ. މި ޙަމަލާތަކުގައި ޝަހީދުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ދެނެގަނެވިފައިވެއެވެ.
އދ. އިން ވެސް ވަނީ މި ޙާދިސާގައި 13 މީހުން މަރުވެ 10 މީހުން ޒަޚަމްވިކަން ކަށަވަރުކޮށްދީފައެވެއެ ޖަމްޢިއްޔާއިން ނެރުނު ބަޔާނުގައި މި އަނިޔާވެރި ޙަމަލާގެ ފަހަތުގައިވަނީ ޕާކިސްތާނުގެ ސިފައިންކަން ސާފުކޮށް އެނގެން އޮތްއިރުވެސް، ޕާކިސްތާނުގެ ނަން ބަޔާންކުރުމުން ވަނީ އެއްކިބާވެފައެވެ. އދ. ގެ މި ނިންމުމާ ގުޅިގެން ބައިނަލްއަޤްވާމީ މަސްރަޙުގައާއި މީސްމީޑިއާގައި އެ ޖަމްޢިއްޔާއަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވަމުންނެވެ.





