އީރާނުގެ ޝަރުތުތަކަށް އެމެރިކާއިން ދީލާލައިފި!

އެމެރިކާގެ ގަދަބަދަވިކަމާއި ފޮނިކެނޑުންތަކާ އެކުވެސް އީރާނުން ހުށަހެޅި ހަރުކަށި ޝަރުތުތަކާއި މުޅި އެއްބަސްވުމުގެ ލިޔުމަށް ވޮޝިންގްޓަނުން ފުރިހަމައަށް ބޯލަނބާ ދީލާލައިފިއެވެ. އީރާނުގެ ފާސް ނިއުސް އެޖެންސީން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި، ތެހެރާނުން އެކުލަވާލި އިބާރާތްތަކަށް އެމެރިކާއިން އިއުތިރާޒެއް ނެތް ކަމަށް އެއްބަސްވުމާ ގުޅިގެން، އީރާނުގެ އެންމެ މަތީ ލީޑަރޝިޕުން މި އެއްބަސްވުން ފާސްކުރުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ.

ގަތަރު މެދުވެރިކޮށް މި ޝަރުތުތައް އީރާނުން އެމެރިކާއަށް ހުށަހެޅި ކަން ޕާކސިްތާނުން ވެސް ޔަގީން ކޮށްދީފައި ވެއެވެ.

ޤަތަރުގެ އަމީރާ ވެސް ތްރަމްޕް ވަނީ ފޯނު ގުޅުއްވައި ވާހަކަ ދައްކަވާފައެވެ.

މި ޚަބަރު ތިލަވީ، އީރާނަށް ދޭން ރާވާފައި އޮތް ވަރުގަދަ ވައިގެ ހަމަލާތަކެއް ބުރާސްފަތި ދުވަހުގެ ރޭ ކުއްލި ގޮތަކަށް ކެންސަލްކުރިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ.

މަޖުބޫރުވީ އީރާނުގެ ހޫނު ރައްދުގެ ސަބަބުން!

ޓްރަމްޕް "ޓްރޫތު ސޯޝަލް" ގައި ލިޔުއްވާފައިވަނީ އެމެރިކާ، އިސްރާއީލް، ސައުދީ، ޔޫއޭއީ، ގަތަރު، ތުރުކީ، ޕާކިސްތާން އަދި މިސްރު ހިމެނޭހެން ހުރިހާ ފަރާތްތަކުން މި އެއްބަސްވުމުގެ ތަފްސީލުތަކަށް އާނބަސް ބުނެފައިވާ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރަންދެން ކަނޑުގެ ހިސާރު ދެމިއޮންނާނެ ކަމަށް ވިދާޅުވެ ޓްރަމްޕް މޫނު ރީތިކުރަން އުޅުނު ނަމަވެސް، ހަގީގަތަކީ އެމެރިކާއަށް މި ނިންމުން ނިންމަން މަޖުބޫރުވީ އީރާނުން ދިން ވަރުގަދަ އަސްކަރީ ރައްދުގެ ސަބަބުންނެވެ.

ހުރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރެއް ވެއްޓުމާ ގުޅިގެން، އެމެރިކާ ސިފައިން ބުރާސްފަތި ދުވަހު އީރާނަށް ދެވަނަ ދުވަހަކަށް ހަމަލާދިނުމުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން ވަނީ ގަލްފުގައި ހުރި އެމެރިކާގެ އެންމެ މުހިންމު 18 އަސްކަރީ މަރުކަޒަށް ބެލިސްޓިކް މިސައިލުން ހަމަލާދީ ސުންނާފަތިކޮށްލާފައެވެ.

"އީރާނުން ހޮރްމޫޒް ކަނޑުއޮޅި މުޅިން ބަންދުކޮށް، މުޅި ދުނިޔޭގެ ތެލުގެ ބާޒާރު ހުއްޓުވާލާނެ ކަމުގެ އިންޒާރު ދިނުމާއެކު، އެމެރިކާގެ އިގްތިސާދު ސަލާމަތްކުރަން ޓްރަމްޕަށް ޖެހުނީ ހަނގުރާމަ ހުއްޓާލައި ތެހެރާނުގެ ހުރިހާ ޝަރުތުތަކަކަށް އާނބަސް ބުނާށެވެ." ތަސްނީމް

ހިއްސާ ކުރައްވާ!