އިސްލާމްއާބާދު ފަހުމުނާމާގައި ސޮއިކުރުން އާދީއްތަ ދުވަހަކު ނޯންނާނެ: އީރާން

އިސްލާމްއާބާދު ފަހުމުނާމާގައި ސޮއިކުރުން އާދީއްތަ ދުވަހު ނޯންނާނެ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަޤާއީ ވިދާޅުވެއްޖެ އެވެ. އީރާނުގެ ދައުލަތުގެ މީޑިއާން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފަހުމުނާމާގައި ސޮއިކުރާނެ ވަކި ވަގުތެއް އަދި ކަނޑައެޅިފައި ނުވެ އެވެ.

ބަޤާއީ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިސްލާމްއާބާދު ފަހުމުނާމާގައި ސޮއިކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް، އަނެއް ފަރާތުން (އެމެރިކާގެ ފަރާތުން) ދައްކަމުންދާ ފަސްޖެހުންތަކުގެ ސަބަބުން، ސޮއިކުރާނެ ތާރީޚާ ގުޅޭގޮތުން ވާހަކަ ދެއްކުމުގައި ފަރުވާތެރިވާން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ހިއްސާ ކުރައްވާ!