ކޯޓު އަމުރު ތަންފީޒު ކުރަން ޓްރަމްޕްގެ ނަން ކެނެޑީ ސެންޓަރުން ނަގައިފި

ވޮޝިންގްޓަންގެ ފަންނުވެރިކަމުގެ މަރުކަޒު (ކެނެޑީ ސެންޓަރު) ގެ ނަން، ކޮންގްރެސްގެ ހުއްދައެއް ނެތި ޓްރަމްޕް އަމިއްލަ ނަމަށް ބަދަލު ކުރުމުން ކޯޓުން އޭނާއާ ދެކޮލަށް ކުރި އަމުރު ތަންފީޒު ކުރުމަށް ދަންވަރު ސިއްރު ސިއްރުން އެނަން ނަގައި ކޯޓު އަމުރު ތަންފީޒު ކޮށްފިއެވެ. މިއީ އެތަނުގައި ޓްރަމްޕްގެ ނަން ހަރުކުރިތާ ހަ މަސްވެސް ނުވަނީސް ހިނގި ކަމެކެވެ.

ނަން ނެގުމުގެ މަސައްކަތް ފަށާފައިވަނީ މެންދަމު އެމެރިކާ ގަޑިން 1:20 އެހާކަންހާއިރުއެވެ. މި މަރުކަޒަކީ އަވަހާރަކޮށްލެވުނު ރައީސް ޖޯން އެފް ކެނެޑީގެ ހަނދާނުގައި މީގެ ބައި ގަރުނު ކުރިން ބިނާކުރި ތަނެކެވެ. ޓްރަމްޕް ވަނީ އޭނާގެ ނަމަށް މިތަން ބަދަލުކޮށް އަމިއްލަ ކުރާށެވެ.

ޓްރަމްޕްގެ ނަން ނެގުމަށް މަޖުބޫރުކޮށް ކޯޓަށް މައްސަލަ ހުށަހެޅުއްވި އޮހާިއޯގެ ޑިމޮކްރެޓިކް މެންބަރު ޖޮއިސް ބީޓީ އެވެ.

މި ސެންޓަރު ރަސްމީކޮށް ހުޅުވާފައިވަނީ 1971 ވަނަ އަހަރު، 1963 ގައި އަވަހާރަކޮށްލެވުނު ޑިމޮކްރެޓިކް ރައީސް ޖޯން އެފް ކެނެޑީގެ ހަނދާނުގައެވެ.

ހިއްސާ ކުރައްވާ!