އަރާގްޗީއާއި ގާލިބާފްގެ އިސްތިއުފާއަށް ގޮވައި މުޒާހަރާ ކުރަނީ

އީރާނުގެ އިރުއުތުރުގެ ސިޓީއެއް ކަމަށްވާ މަޝްހަދުގައި ހުންނަ ހާރިޖީ ވުޒާރާގެ އޮފީހެއްގެ ކުރިމަތީގައި، ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާކޮށްފިއެވެ. މި މުޒާހަރާކުރީ އެމެރިކާއާ އެކު ސުލްހައިގެ ފަހުމުނާމާއެއްގައި ސޮއިކުރުމާ ބެހޭގޮތުން ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ޓީވީ އިންޓަވިއުއެއްގައި ވާހަކަ ދެއްކެވުމާ ގުޅިގެން، އޭނާއާ ދެކޮޅަށް އަޑުއުފުލުމަށެވެ.

ފާރސް ނިއުސް އެޖެންސީން އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، ކަޅު ޗާދަރު އަޅައިގެން ތިބި އަންހެނުންތަކެއް އެ އިމާރާތުގެ ކުރިމަތީގައި ރަތާއި ކަޅު ކުލައިގެ ދިދަތައް ހޫރަމުން، "ގައުމަށް ޣައްދާރު، އަރާގްޗީއަށް މަރު" ގެ ޝިއާރުތައް ގޮވަމުން ދިޔައެވެ.

މި މުޒާހަރާއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން ކުރިއަށް ނެރެފައިވާ ފަހުމުނާމާއާ ދެކޮޅަށް އީރާނުގެ ރައްޔިތުންގެ ބަޔަކު ގައުމުގެ ސިޔާދަތަށްޓަކައި ކުރާ މުޒާހަރާއެކެވެ.،

އެމީހުން ބުނާ ގޮތުގައި މި އެއްބަސްވުމަކީ އީރާނުގެ މަސްލަހަތާ ފުށުއަރާ، އަދި ހުރުމުޒު ކަނޑުއޮޅީގައި އީރާނަށް ލިބިފައިވާ ބާރުވެރިކަން ގެއްލިގެންދާނެ ކަމެކެވެ. އަދި މި އެއްބަސްވުމާ ހަމައަށް ދިއުމަށް އީރާނުގެ މަޝްވަރާކުރާ ޓީމުން މާ ބޮޑެތި ދޫދިނުންތަކެއް ދީފައިވާ ކަމަށް ވެސް އެމީހުން ތުހުމަތު ކުރެއެވެ.

އީރާންގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަރާގްޗީ ވިދާޅުވީ، މޭޒުމަތީގައި އޮތް އެއްބަސްވުމުގެ ދަށުން، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ކަނޑުމަގުގެ ދަތިކުރުންތައް އުވާލަންޖެހޭ ކަމަށެވެ. މިއީ އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން އެމެރިކާއިން އެޅި ފިޔަވަޅެކެވެ.

"ހުރުމުޒު ކަނޑުއޮޅި ހިންގާ ގޮތް ކުރިން އޮތް ގޮތަކަށް ދެނެއް ނޯންނާނެ،" އޭނާ އިތުރަށް ވިދާޅުވިއެވެ. އަދި އެ ކަނޑުއޮޅިއަކީ އީރާނުގެ "ދިފާއީ އެންމެ މުހިންމު އެއް ވަސީލަތް" ކަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ.

ސޯޝަލް މީޑިއާގައި އާންމުވި އެހެން ވީޑިއޯތަކުން ފެންނަ ގޮތުގައި، ތެހެރާނުގައި ހުންނަ ހާރިޖީ ވުޒާރާގެ އިމާރާތް ކުރިމަތީގައި ވެސް މީހުން ވަނީ މުޒާހަރާ ކޮށްފައެވެ. އެތަނަށް އެއްވެ ތިބި މީހުން ވަނީ "އަރާގްޗީ އިސްތިއުފާ ދީ"، އަދި "ގާލިބާފް އިސްތިއުފާ ދީ" ގެ ޝިއާރުތައް ގޮވާފައެވެ. ގާލިބާފްއަކީ ގާނޫނު ހަދާ މަޖިލީހުގެ މަޖިލީހުގެ ރައީސް އަދި އެންމެ މަޝްވަރާ ލީދް ކުރައްވާ ފަރާތެވެ.

ހިއްސާ ކުރައްވާ!