އެމެރިކާ-އީރާން އެއްބަސްވުމުގެ ސަބަބުން ހަނގުރާމައިގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އިޒްރޭލު ފޭލްވެއްޖެ: އިޒްރޭލުގެ އިދިކޮޅު ލީޑަރު

އެމެރިކާއާއި އީރާނާ ދެމެދު ހަދަން އުޅޭ އެއްބަސްވުމާ ގުޅިގެން އިޒްރޭލުގެ އިދިކޮޅު ލީޑަރު ޔައީރު ލާޕިޑް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. އޭނާ ބުނީ މި އެއްބަސްވުމުގެ ސަބަބުން އިޒްރޭލަށް ހަނގުރާމައިގެ އެއްވެސް ލަނޑުދަނޑިއެއް ހާސިލު ނުވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޔައީރު ލާޕިޑް ބުނީ، "މި އެއްބަސްވުމުން އިޒްރޭލުގެ ހަނގުރާމައިގެ އެއްވެސް މަގްސަދެއް ފުރިހަމައެއް ނުވޭ. އީރާނުގެ ސަރުކާރު ވަރުގަދަކޮށް ދެމިއޮތީ، މިސައިލް ޕްރޮގްރާމް ކުރިން ވެސް އޮތް ގޮތަށް އަދި އެއަށް ވުރެން ވަރުގަދަކޮށް އެބައޮތް، އަދި އީރާނަށް އެމީހުންގެ ނިއުކްލިއަރ ޕްރޮގްރާމް އަލުން ފެށުމުގެ ފުރުސަތު އެބައޮތް،" ކަމަށެވެ.

މި ހާލަތަކީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފުރިހަމަ ނާކާމިޔާބީއެއް ކަމަށް ސިފަކުރަމުން ލަޕޑް ބުނީ މީގެ ސަބަބުން އިޒްރޭލު ބަދަލުވަމުން މިދަނީ ގައުމީ ސަލާމަތުގެ ކަންކަމުގައި އެހެން ފަރާތްތަކުގެ އަމުރުތަކަށް ބޯލަނބާ ގައުމަކަށް ކަމަށެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް