ޕާކިސްތާނުގެ ބަޖެޓް: އެމެރިކާގެ ހަނގުރާމައާއި އައިއެމްއެފްގެ ޕްރެޝަރާއެކު މެދުފަންތީގެ ރައްޔިތުންނަށް ބޮޑު ބުރައެއް

ޕާކިސްތާނުގެ ސަރުކާރުން ހުކުރު ދުވަހު ހުށަހެޅި އާ ބަޖެޓާއެކު، އެގައުމުގެ މެދުފަންތީގެ ރައްޔިތުންނަށާއި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. އާމްދަނީ އިތުރުކޮށް ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދަނީ ބައިނަލްއަގްވާމީ މާލީ އިދާރާ (އައިއެމްއެފް) ގެ ހަރުކަށި ޝަރުތުތައް ފުރިހަމަ ކުރުމުގެ ބޭނުމުގައެވެ.

މި ބަޖެޓުގެ މައިގަނޑު ކަންތައްތަކަކީ އަންނަ ޖުލައި މަހުން ފެށޭ މާލީ އަހަރަށް ހުށަހަޅާ 17.1 ޓްރިިއަން ރުޕީސް ގެ ބަޖެޓުގައި ފިއުލް، ކަރަންޓު އަދި ޓެކްސްގެ ބުރަ ބޮޑަށް އުފުލަން ޖެހޭނީ މުސާރަ ލިބޭ މެދުފަންތީގެ މީހުންނަށެވެ. އެމެރިކާ-އިޒްރޭލުން ފަށާފައިވާ އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ޕާކިސްތާނުގެ އިންފްލޭޝަން އަނެއްކާވެސް ދެ އަދަދަކަށް ވަނީ މައްޗަށް ގޮސްފައެވެ. ގަލްފުގެ ގައުމުތަކުން ހަކަތައާއި ފައިސާގެ އެހީއަށް ބަރޯސާވާ ޕާކިސްތާނަށް މި ހަނގުރާމައިގެ ސަބަބުން ކުރަމުންދާ އަސަރު ވަރަށް ބޮޑެވެ.

ޕާކިސްތާނުގެ ގިނަ ވިޔަފާރިތަކަކީ ރަޖިސްޓްރީ ނުކޮށް ހިންގާ ވިޔަފާރިތަކަށް ވުމުން، ދައުލަތަށް ޓެކްސްގެ ގޮތުގައި އެކަށީގެންވާ އާމްދަނީއެއް ނުލިބެއެވެ. ޓެކްސް ދައްކާ މީހުންގެ ނިސްބަތް ވަރަށް ދަށެވެ.

ދަނޑުވެރިކަމާއި، ރިއަލް އެސްޓޭޓް އަދި ވިޔަފާރިތަކުން ޓެކްސް ނެގުމަށް ސަރުކާރަށް ފިއްތުންތައް ކުރިމަތިވެފައިވީ ނަމަވެސް، ސިޔާސީ ނުފޫޒު ގަދަ އެ ދާއިރާތަކުން ޓެކްސް ނެގުމަކީ ދަތި ކަމަކަށް ވަނީ ވެފައެވެ.

ތަރައްގީގެ އާ މަޝްރޫއުތައް ހުއްޓާލައި، ހަމައެކަނި ދިފާއީ އަދި ސަބްސިޑީގެ ސިޔާސަތުތަކަށް ޚރަދުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް، އެންމެ ފަގީރު ރައްޔިތުންނަށް ދޭ ކޭޝް ޓްރާންސްފާ އެހީތައް ބަޖެޓުން ހިމާޔަތްކުރާނެ ކަމަށް ބެލެވެއެވެ.

މި ބަޖެޓު ހުށަހެޅުން އެއް ހަފުތާއަށް ލަސްވީ، އައިއެމްއެފްގެ ޝަރުތުތަކާއި ބެހޭގޮތުން ސަރުކާރާއި ދެމެދު އެއްބަސްވުންތަކަކަށް އައުމަށް ކުރަމުންދިޔަ މަސައްކަތްތަކާ ހެދި ކަމަށް މައުލޫމާތު ލިބެއެވެ.

ހިއްސާ ކުރައްވާ!