އެމެރިކާއިން ޔުކްރެއިންގައި ރަޝިޔާއާއަށް އަމާޒުކޮށް ބައެލޮޖިކަލް ހަތިޔާރު އުފައްދާކަން ހާމަވެއްޖެ

ކޯވިޑް19 އުފެދުމާއި އެ ވައިރަސް ދިރާސާ ކުރި ވޫހާން ލެބޯޓްރީއާ އެމެރިކާއާއި އޮތް ގުޅުން އެއިރު ވާނީ އެނގިފައެވެ. މިފަހަރު އަނެއްވާބެސް އެމެރިކާގެ ބައެލުޖިކަލް ހަތިޔާރާ ގުޅޭ އައު ވާހަކައެއް މި ވަނީ އެމެރިކަގެ މަސްއޫލުވެެރިން ކިޔައިދިފައެވެ. އެމެރިކާ ސަރުކާރުން ބޭރު ގައުމުތަކުގައި ބައެލޮޖިކަލް ހަތިޔާރު އުފައްދައި ދިރާސާ ކުރާ 120 ބައޮލޮޖިކަލް ލެބޯޓްރީއަށް ފައިސާ ހަރަދު ކުރާ ކަމަށް ސީއައިއޭގެ ކުރީގެ އެނަލިސްޓެއް ކަމަށްވާ ލެރީ ޖޯންސަން ބުނެފިއެވެ.

އެމެރިކާގެ ޑައިރެކްޓަރު އޮފް ނޭޝަނަލް އިންޓެލިޖެންސް ޓަލްސީ ގައްބާޑް އާންމުކުރި އާ ހެކިތަކުން ސާބިތުވާ ގޮތުގައި، ޔޫކްރެއިން އާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާއިން ފަންޑުކޮށްގެން ހިންގި ބައޮލޮޖިކަލް ލެބޯޓްރީތަކުގެ ވިއުގައެއްގެ ވަހަކަ ވަނީ ތިލަވެފައެވެ. މިތަންތަނަކީ، ރަޝިއާ އަށް އަމާޒުކޮށްގެން ހިންގާ ތަންތަން ކަމަށް އާރްޓީއާ ވާހަކަދައްކަމުން ލެރީ ޖޯންސަން ވިދާޅުވެއެވެ. އޭނާއަކީ ސީއައިއޭގެ ކުރީގެ އެނަލިސްޓެއް އަދި ބާގް އެސޯސިއޭޓްސްގެ ސީއީއޯ އެވެ.

ހުކުރު ދުވަހު ގައްބާޑް އާންމުކުރި ކުރީގެ ސިއްރު ލިޔެކިއުންތަކުން އެނގޭ ގޮތުގައި އެމެރިކާ ސަރުކާރުން ވަނީ 30 އަށް ވުރެ ގިނަ ގައުމުގައި 120 ބައޮލޮޖިކަލް ހަތިޔަރު އުފައްދައި ދިރާސާ ކުރާ މަރުކަޒުތަކަށް ފައިސާ ޚަރަދުކޮށްފައެވެ. އޭގެ ތެރެއިން ތިން ބައިކުޅަ އެއްބައި މަރުކަޒުތައް ހުރީ އެންމެ ގައުމެއްގައެވެ. އެއީ ޔޫކްރެއިނެވެ.

އެ ލިޔެކިއުންތަކުގައިވާ ގޮތުން، އެމެރިކާގެ ސިފައިންނާއި އެހެނިހެން އިދާރާތަކާ ގުޅިގެން މަސައްކަތްކުރި ލެބޯޓްރީތަކުން ވަނީ ވިހަ ވައިރަސްއެއް ކަމަށްވާ އެންތްރެކްސް، އޭވިއަން ފްލޫ، އެބޯލާ، ޕްލޭގް، އަދި ޓީބީގެ ބަލި ފަދަ "ވަރަށް ނުރައްކާތެރި ޖަރަސީމުތަކާ" ގުޅޭ މަސައްކަތްތައް ކޮށްފައެވެ.

"ފެންނަން ހުރި ހެކިތަކުން ދައްކަނީ މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ރަޝިއާ ކަން،" ޖޯންސަން ވިދާޅުވިވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި މި މަސައްކަތަކީ ޚިޔާލަށް ވެސް ނުގެނެވޭ ވަރަށް ވުރެން ބޮޑު މަޝްރުއެކެވެ.

އެމެރިކާގެ ބައޮލޮޖިކަލް ހަތިޔާރުގެ ޕްރޮގްރާމްގައި އެމެރިކާއިން ޔުކްރެއިންއަށް އެހީތެރިވާ ކަމަށް ރަޝިޔާއިން ވަނީ ތަރުކާރުކޮށް ތުހުމަތުކޮށްފައެވެ.

ރަޝިއާގެ ރޭޑިއޮލޮޖިކަލް، ކެމިކަލް، އެންޑް ބައޮލޮޖިކަލް ޑިފެންސް ފޯސަސްގެ ލެފްޓިނެންޓް ޖެނެރަލް އިގޯ ކިރިލޯވް، 2024 ވަނަ އަހަރު އަވަހާރަކޮށްފައިވަނީ ޔޫކްރެއިންގެ ސެކިއުރިޓީ ސާވިސްއިން ކަމަށް ތުހުމަތު ކުރެވެއެވެ. އޭނާއަކީ، ޔުކްރެއިންގައި އެމެރިކާއިން ބައެލޮޖިކަލް ހަތިޔާރު އުފެއްދުމުގެ މަސައްކަޓާ ބެހޭ ތަހުގީގެއް ހިންގެވި މަސްއޫލުވެރިޔާއެވެ.

އޭނާ އަވަހާރަކޮށްލުމުގެ އެއް އަހަރު ކުރިން އޭނާ ވިދާޅުވީ އެމެރިކާއިން "ރަޝިއާގެ ބޯޑަރުތަކާ ކައިރީގައި، ބައޮލޮޖިކަލް ހަތިޔާރު އުފެއްދުމަށް ދިރާސާތައް ކޮށްފައިވާ" ކަމަށެވެ.

ހިއްސާ ކުރައްވާ!