އެފްރިކާގެ ސޯމާލިއާގެ ސޯމާލީ ލޭންޑްގެ ބާޣީ ރައީސް، ޢަބްދުއްރަޙްމާން މުޙައްމަދު ޢަބްދުالله، ޔަހޫދީ ރެޖީމަށް ރަސްމީ ދަތުރުފުޅެއްގައި މިއަދު ގޮސްފިއެވެ. މިއީ އެ ސަރަހައްދުގެ ވެރިއަކު އިސްރާއީލަށް ކުރި ފުރަތަމަ ރަސްމީ ދަތުރެވެ.
މިއީ ބާޣީ ސޯމާލީ ލޭންޑްގެ އެމްބަސީއެއް ހުޅުވުމުގެ ހިފާފައިވާ ގުދުސްގައި ހުޅުވުމަށް ކުރާ ދަތުރެކެވެ. އިސްރާއީލުގެ މި ނިންމުމަށް އަރަބި ގައުމުތަކާއި ބައިނަލްއަގްވާމީ މުޖުތަމައުގެ ފަރާތުން ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ.
އަބްދުالله އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ހިއްސާކުރި ފޮޓޯތަކުން، އިސްރާއީލުގެ ރައީސް ޔިތްޒާކް ހާރްޒޮގާ އެކު ބޭއްވެވި ބައްދަލުވުންތައް ފެނެއެވެ.
އިސްރާއީލުގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ޢަބްދުالله އިސްރާއީލަށް ދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ސިއްރު ދަތުރެއްގައި އޭނާ ދިޔަ ކަމަށް ބުނެފައި ވެއެވެ.




