އީރާނާއި އެމެރިކާއާ ދެމެދު ބަދަލުކުރެވުނު ފަހުމުނާމާ އަކީ މުޅި ސަރަޙައްދަށާއި، އީރާނުގެ ދިފާޢީ ބާރުތައް ކަމަށްވާ "ރެސިސްޓެންސް ފޯސަސް"އަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް މަސްޢޫދު ޕެޒޭޝްކިއަން ސިފަކުރައްވައިފިއެވެ. ޤައުމީ ފެންވަރުގެ ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޕަޒަކްޝިއަން ވިދާޅުވީ، މިއީ އީރާނަށް ލިބުނު "ޝަރަފުގެ ލިޔުމެއް" ކަމަށެވެ.
-
ޕެޒޭޝްކިއަން ފާހަގަކުރެއްވި ގޮތުގައި، މި އެއްބަސްވުމުގެ ވަރަށް ކުޑަ ބައެއްގައި "ކުދިކުދި ޚިޔާލުތަފާތުވުންތަކެއް" އެބަހުއްޓެވެ. ނަމަވެސް، އެއީ އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަށް ބުރޫއަރާނެ ކަމެއް ނޫން ކަމަށް ނިއުސް ކޮންފަރެންސްގައި އިޝާރާތްކުރެއްވިއެވެ.
-
މި އެއްބަސްވުމާ ގުޅިގެން ޔަހޫދީ ރެޖީމުން ފާޅުކުރި ނުރުހުމާއި ކަންބޮޑުވުމަކީ، އީރާނަށް ލިބުނު ޑިޕްލޮމެޓިކް ކާމިޔާބީގެ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އިޒްރޭލުގެ ރައްދުން އެނގިގެންދަނީ އަހަރެމެން މިތިބީ ކާމިޔާބީގެ މަގުގައި ކަން،" ޕަޒަކްޝިއަން ވިދާޅުވިއެވެ.
އީރާނުގެ ރައީސް ޕެޒޭޝްކިއަން ގެންގުޅުއްވަނީ ޢަމަލީ ސިޔާސަތެކެވެ. މިއީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނުގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް އެޅުނު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.




