ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނަގަން އެމެރިކާ ވިސްނަނީ

ހުރުމުޒު ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ ތެޔޮ އުފުލާ ބޯޓުތަކަށް އަވަސް އަދި ރައްކާތެރި ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ބުނެ އެ އުޅަނދުތަކުން ފީއެއް ނެގުމަށް ވިސްނާ ކަމަށް ޓްރަމްޕް ރައީސް އިއުލާން ކޮށްފިއެވެ. އީރާނުން ފައިސާ ނެގުމާ ދެކޮޅަށް މިހާތަނަށް ވާހަކަ ދެއްކި ތްރަމްޕްގެ މި ބަޔާނަކީ "ނާޖާއިޒު ޕެކެޅުމެއް" ކަމަށް އީރާން މީޑިއާ ބުނެއެވެ.'

ޓްރަމްޕް ބުނަނީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ހިމާޔަތާއެކު ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދޭނނެ ކަމަށެވެ. މި ޚިދުމަތް ލިބޭނީ ފީއެއް ދައްކާ ތެޔޮ ބޯޓުތަކަށް އެކަންޏެވެ.

ޕޮލިޓިކޯ މަޖައްލާއިން ބުނާ ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕާއި ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސް ވަނީ މިކަން ކުރިއަށް ގެންދާނެ އަދި އެމެރިކާއަށް ފައިސާ ލިބޭނެ ޚިޔާލުތައް ހުށަހެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ޝިޕިން ކުންފުނިތަކުން ހުރުމުޒު ކަނޑުއޮޅި ބޭނުންކުރުން އެމެރިކާއަށް ފައިދާ ލިބި ހަނގުރާމައިގެ ގެއްލުންތައް ފޫބެއްދުމެވެ.

އެމެރިކާ ބުނަނީ މިހާރު ހުރި ސަލާމަތީ ނުރައްކާތަކުގެ ސަބަބުން، ގިނަ އިންޝުއަރެންސް ކުންފުނިތަކުން މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ކަވަރޭޖް ދޭން ޖެހިލުންވެއެވެ. ކެޕްލާ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ގާތްގަނޑަކަށް 500 އުޅަނދު، އޭގެ ތެރޭގައި220 ތެޔޮ ޓޭންކަރު، އަދިވެސް ވަނީ ހުރުމުޒު ކަނޑުއޮޅިން ބޭރުގައި މަޑުކޮށްފައެވެ.

އީރާނާއި އެމެރިކާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރި ނަމަވެސް، ޝިޕިން ކުންފުނިތަކުން އަދިވެސް ދަތުރުތައް ފަށަން ޖެހިލުންވެއެވެ. މީގެ އިތުރުން، ފަހުމުނާމާއަށްފަހު ވެސް އީރާނުން ދަތުރުކުރާ އުޅަނދުތަކާ ދިމާލަށް ޑްރޯން ފޮނުވާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު މައުލޫމާތު ދެއްވައެވެ. ނަމަވެސް އެމެރިކާގެ ސިފައިން ވަނީ އެ ޑްރޯންތައް ހަމަލާ ދިނުމުގެ ކުރިން ވައްޓާލާފައެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ޓޭލާ ރޮޖާސް ވިދާޅުވީ، ހަނގުރާމަ ފެށުމުގެ ކުރިން އޮތް ފަދައިން ހަކަތައިގެ ވަސީލަތްތައް ފަސޭހަކަމާއެކު ދައުރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ހިއްސާ ކުރައްވާ!