ޔަހޫދީންގެ ބޮޑު ކޯޓުން ޑރ. ހުސާމު އަބޫ ސަފިއްޔާ ބަންދުގައި ބަހައްޓައިގެން އަނިޔާކުރުން ހުއްދަ ކޮށްފި

ހިފާފައިވާ ފަލަސްތީނުގެ ޑޮކްޓަރު ހުސާމް އަބޫ ސަފިއްޔާ އެއްވެސް ދައުވާއަކާ ނުލައި އިޒްރޭލުގެ ޖަލެއްގައި ބަހައްޓާފައި ހުންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން، އޭނާ މިނިވަން ކުރުމަށް އެދި ހުށަހެޅި މައްސަލަ އިޒްރޭލުގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފިއެވެ.

ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބޫ ސަފިއްޔާ އަކީ 2024 ވަނަ އަހަރުގެ ފަހުކޮޅު ޣައްޒާގައި ހިންއގި ފަލަސްޠީނުގެ ޖެނޮސައިޑްގެ ތެރޭގައި ހައްޔަރުކުރި ފަލަސްތީނުގެ 14 ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. މިއިން އެއްވެސް ޑޮކްޓަރެއްގެ މައްޗަށް މިހާތަނަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ.

އިޒްރޭލުގެ "ޑޮކްޓާސް ފޯ ހިއުމަން ރައިޓްސް" ޖަމިއްޔާގެ ފަރާތުން ނާޖީ އައްބާސް ވިދާޅުވީ، ކޯޓުން މި ނިންމުން ނިންމީ އަބޫ ސަފިއްޔާއަށް ނުވަތަ އޭނާގެ ވަކީލަށް ހާމަކޮށްފައިނުވާ "ސިއްރު ލިޔެކިއުންތަކަކަށް" ބަލައިގެން ކަމަށެވެ. މި ނިންމުމަކީ އެއްވެސް ހެއްކެއް ނެތި، ދައުވާއެއް ނެތި، ޑޮކްޓަރަކު އޭނާގެ މިނިވަންކަމުން މަހުރޫމްކޮށް، އަނިޔާއާއެކު މުއްދަތެއް ނެތް ގޮތަށް ޖަލުގައި ބޭއްވޭނެކަން ކަށަވަރުކޮށްދޭ ނިންމުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަބޫ ސަފިއްޔާގެ ވަކީލާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި، އޭނާއަށް ޖަލުގައި ބަނޑަށް ޖައްސާ ކަމަށާއި ޔަހޫދީން އޭނާއަށް އަނިޔާ ވެސް ކުރަމުން ދާކަމަށެވެ. ވީޑިއޯ ކޯލް މެދުވެރިކޮށް މިދިޔަ ހަފުތާގައި ކޯޓަށް ހާޒިރުކުރި އިރު، އޭނާގެ ބަރުދަން ވަރަށް ބޮޑަށް ލުއިވެފައިވާކަން ފާހަގަކުރެވުނެވެ. އަދި އޭނާ 13 ދުވަސް ވަންދެން އެކަހެރިކޮށް ބަންދުކޮށްފައި ބަހައްޓާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ސިފައިން ތުހުމަތުކުރާ ގޮތުގައި އަބޫ ސަފިއްޔާ އަކީ ހަމާސް ޖަމާއަތުގެ މެމްބަރެކެވެ.

ހަމާސްއަކީ ޔަހޫދީންގެ ބިންހިފުމާއި އިސްތިއުމާރު ކުރުމާ ދެކޮޅަށް އދއާއި ބައިނަލްއަގްވާމި ގާނޫނުން ހުއްދަކޮށްފައިވާ ގޮތަށް ހަތިޔާރު އަޅައިގެން ނިކުމެ އުޅޭ އިސްލާމީ ފިކުރުގެ ޖަމާއަތެކެވެ.

ހުސާމް އަބޫ ސަފިއްޔާއާ ދެކޮޅަށް ދައްކާ ވަހަކައަށް ޔަހޫދީން އެއްވެސް ހެއްކެއް ދައްކާފައެއް ނުވެއެވެ. މި ތުހުމަތުތައް ގާޒާގެ ހެލްތު މިނިސްޓްރީންނާއި ހަމާސްއިން ވަނީ ދޮގުކޮށްފައެވެ.

އަބޫ ސަފިއްޔާ އަކީ 2023 ވަނަ އަހަރު ޖެނޮސައިޑް ޔަހޫދީ ސިފައިން ހޮސްޕިޓަލުން ނުކުތުމަށް އަމުރުކުރުމުން ވެސް، ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ތުއްތު ކުދިންތަކެއް ދޫކޮށް ދާން ދެކޮޅު ހެދި ބަތަލު ޑޮކްޓަރެކެވެ.

ހިތާމައަކީ ޙުސާމް އަބޫސަފިއްޔާގެ ދިފާއުގައި އެއްވެސް އިސްލާމީ އަދި އަރަބި ގައުމެއްގެ ސަޔޫނީ ވެެރިންގެ ފަރާތުން ބަހެއް ބުނެފައި ނުވާކަމެވެ!

ހިއްސާ ކުރައްވާ!