އިސްރާއީލުގެ ސަލާމަތީ ކަންކަމާ ބެހޭ ޓެރަރިސްޓް ވަޒީރު އީތަމާރް ބެން-ގްވިރު އެމެރިކާއަށް ދަތުރުކުރުމަށް ވިސާއަކަށް އެދުމުން، އާދަޔާ ޚިލާފު ހާލަތެއް ކުރިމަތިވެއްޖެއެވެ. އިސްރާއީލުގެ ޗެނަލް 13 އިން ރިޕޯޓުކުރާ ގޮތުގައި، ޑިޕްލޮމެޓިކް ޕާސްޕޯޓެއް އޮތް ނަމަވެސް، އެމެރިކާގެ އެމްބަސީން ވަނީ އޭނާގެ ފިންގަޕްރިންޓް ދިނުމަށް އަންގާފައެވެ.
އާންމުކޮށް މިފަދަ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ބައޮމެޓްރިކް އިޖުރާއަތްތައް ލާޒިމު ނުވެއެވެ. މިއީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް ބެން-ގްވިރުގެ އޮފީހުން ބުނާ ގޮތުގައި، އޭނާގެ މި ދަތުރަ އަމިއްލަ ކަމަކަށް ވާތީ، ވަޒީރެއްގެ ހައިސިއްޔަތުން ލިބޭ ޚާއްސަ އިނާޔަތްތައް ބޭނުން ނުކޮށް، އާންމު ރައްޔިތަކަށް އޮންނަ އުސޫލުން ވިސާއަށް އެދުނީ ކަމަށެވެ.
މީގެ ކުރިން "ހައަރެޓްޒް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބެން-ގްވިރު ވަނީ އަންހެނުންނާ އެކު އެމެރިކާއަށް ކުރާ މި ދަތުރުފުޅުގެ ޚަރަދުތައް ހަމަޖެއްސުމަށް އަމިއްލަ ވިޔަފާރިވެރިއަކަށް ހުށަހަޅާފައެވެ. ނަމަވެސް މިކަމުގައި "މަސްލަހަތު ފުށުއަރާފާނެ" ކަމަށް ބުނެ، އިސްރާއީލުގެ ޚާއްސަ ކޮމިޓީއަކުން ކަންބޮޑުވުން ފާޅުކުރުމުން އެ ހުށަހެޅުން އޭނާ ވަނީ އެ އެދުން އަނބުރާ ގެންގޮސްފައެވެ. މި ދަތުރުގައި އޭނާއާ ދެކޮޅަށް އެމެރިކާގައި އަޑުގަދަކޮށް ފަސްފަހުން މީހުން އުޅޭނެ ކަމަށް ބަލައި ޔަހޫދީ ރެޖީމުން ވަނީ ސަލާމަތީ ފިޔަވަޅުތަކަށް ދައުލަތުން ފައިސާ ދޭނެ ކަމަށް ބުނެފައެވެ.





