ސުލްހައިގެ ފަހުމުނާމާގައި އީރާންގެ ޕަޒަކްޝިއަން ރައިސާއީ ޓްރަމްޕް ރައީސްގެ ސޮއި!

އެމެރިކާއާއި އީރާނުގެ ރައީސުން ހަނގުރާމަ ހުއްޓާލާ ފަހުމުނާމާގައި ސޮއިކުރެއްވުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.

މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުން ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ ރައީސް މަސްއޫދު ޕެޒެޝްކިއާނާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގެން މިއެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ފުރުސަތު އޮތްކަން ހާމަކޮށްފައެވެ. މިއީ 40 އަހަރަށްވުރެ ގިނަ ދުވަސްވީ ދެ ގައުމުގެ ހުރަސްތައް ނައްތާލައި، ސިޔާސީ ގުޅުންތައް އަލުން ގާއިމުކުރުމަށް އެޅޭނެ ތާރީޚީ ފިޔަވަޅެކެވެ.

އެހެންނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިކަމާ ގުޅޭގޮތުން އަދި ވަކި ގޮތަކަށް ޔަގީންކަމެއް ނުދެއްވައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މިއީ ވަރަށް މުހިންމު އެއްބަސްވުމެއް ކަމުގައި ވިޔަސް، އޭނާ އަމިއްލަފުޅަށް ސޮއިކުރެއްވުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.

އެއްބަސްވުމުގެ ފައިނަލް ލިޔުމުގެ ތަފުސީލުތައް އަދި ދެ ފަރާތުން ވެސް އާންމުކޮށްފައި ނުވި ނަމަވެސް، މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ލިބޭނެ ބޮޑު ލުޔަކަށް ވާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!