ފަހުމުނާމާގައި ސޮއިކުރަން ޓްރަމްޕް ޖެހިލުންވޭ: އިސްރާއީލުގެ ބިރުވެރި އިންޒާރުތަކުގެ ހިޔަނި އެޅިއްޖެ

އެމެރިކާއާއި އީރާނާ ދެމެދު ސުލްހަ ގާއިމުކުރުމަށް އެކުލަވާލާފައިވާ ފަހުމުނާމާގައި ސޮއިކުރުމުގެ މަރުހަލާ ހުކުރު ދުވަހު އޮންނާނެ ކަމަށް މީގެ ކުރިން އިއުލާނުކޮށްފައިވީ ނަމަވެސް، އެކަމާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ޖެހިލުންވެވަޑައިގަންނަވާކަން ހާމަވެއްޖެއެވެ.

އީރާނާ އެކު ވެވޭ މި އެއްބަސްވުމަކީ އިސްރާއީލުން އެއްގޮތަކަށް ވެސް ބޭނުންވާ ކަމަކަށް ވާއިރު، ސިޔާސީ މުހައްލިލުން ދެކޭ ގޮތުގައި ޓްރަމްޕް މިކަމުގައި ފަސްޖެހިވަޑައިގަންނަވަނީ އެމެރިކާގެ އިސްރާއީލަށް ތާއީދުކުރާ ހަރުކަށި ޒަޔަނިސްޓު ލޮބީއާއި އިސްރާއީލުގެ ނަތަންޔާހޫގެ ސަރުކާރުގެ ނުރުހުން އަމާޒުވެދާނެތީއެވެ.

ޓްރަމްޕާ ގުޅޭގޮތުން ގެންގުޅޭ ބައެއް ސިއްރު ފައިލްތަކާއި، އޭނާގެ އަގު ވެއްޓޭ ފަދަ އެޕްސްޓީންއާ ގުޅުން ހުރި ސިއްރު މައުލޫމާތުތައް ފަޅާއަރުވާލުމުގެ ބާރު އިސްރާއީލަށް އޮތުމަކީ ޓްރަމްޕްގެ ނިންމުންތަކަށް ނުފޫޒު ފޯރުވާ ބޮޑު ބިރުވެރިކަމެއް ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.

"ދެން ވާނެ ގޮތެއް ވަރަށް އަވަހަށް އެނގޭނެ"

ފްރާންސްގެ އީވިއަންގައި ކުރިއަށްދާ ޖީ-7 ސަމިޓުގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ،

"ވިޔަފާރީގެ އެއްބަސްވުންތަކަކީ ހައިރާންކުރުވަނިވި ކަންކަން، ބައެއް ފަހަރު 100 އިންސައްތަ ޔަގީންކަން އޮއްވައި ވެސް އެއްބަސްވުންތައް ފެއިލްވޭ، އަނެއް ބައި ފަހަރު އެއްވެސް އުންމީދެއް ނެތް ކަންކަން ފަސޭހައިން ހާސިލުވޭ،" ކަމަށެވެ.

އެހެންކަމުން މި ފަހުމުނާމާގައި ސޮއިކުރުން ވެސް ހުއްޓިދާނެ ކަމުގެ އިޝާރާތެއް އޭނާ ދެއްވިއެވެ.

ހަމައެއާއެކު، އީރާނުން ބަސްއަހައިގެން ނޫޅެއްޖެނަމަ، އަނެއްކާވެސް ބޮން އަޅަން ފަށާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވިއެވެ. އެހެންވެ ޓްރަމްޕް ދެކޮޅަށް ކިރޭ ހެން ހީވާ ކަމަށް މުހައްލިލުން ބުނެއެވެ.

އީރާނާ އެކު މި ވެވޭ ފަހުމުނާމާއަކީ ހުރިހާ ދިމާލަކުން ހަނގުރާމަ ހުއްޓާލުމަށާއި، ހުރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އެޅޭ ފިޔަވަޅެއް ކަމަށް އެމެރިކާއިން ބުނި ނަމަވެސް، މި މައްސަލާގައި ޓްރަމްޕްގެ ސަރުކާރުގެ ތެރޭގައި ވެސް ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ.

އިސްރާއީލުގެ ނުރުހުންތެރިކަމާއި، ޓްރަމްޕްގެ މާޒީގައި އުޅެފައި ހުރި ގޮތުން ބައެއް ސިއްރުތައް ފަޅާއަރުވާލުމުގެ ބިރުވެރިކަން އޮތުމުން އޭނާ މި އެއްބަސްވުމުގައި ސޮއިކުރައްވާނެތޯ ނުވަތަ މިކަން ކޮންމެވެސް ބަހަނާއެއް ދައްކައިގެން ފޭލް ކޮށްލާނީތޯ މިއީ މިހާރު އުފެދިފައިވާ ސުއާލެކެވެ.

ހިއްސާ ކުރައްވާ!