އެމެރިކާއާ ދެމެދު އެކުލަވާލި ވަގުތީ އެއްބަސްވުމުގެ ދަށުން ހަނގުރާމަ ހުއްޓާލުމަށް ދެ ފަރާތުން އެއްބަސްވެފައިވީ ނަމަވެސް، އީރާނުގެ މިސައިލް ޕްރޮގްރާމަކީ ކުރިއަށް އޮތް ތަނުގައި އެމެރިކާއާ އެކު ކުރެވޭ އެއްވެސް މަޝްވަރާއެއްގެ ބައެއް ނޫން ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއި، ދައުލަތުގެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އެ ގައުމުގެ މިސައިލްތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ވާހަކަ ދެއްކުމަށް އީރާނުން ނޭދޭ ކަމަށެވެ. އަދި އީރާނުގެ މިސައިލްތަކަކީ ހަމައެކަނި ހަމަލާ ދިނުމަށް އުފައްދާފައިވާ ތަކެތި ކަމަށާއި، އެއީ މަޝްވަރާކުރެވޭނެ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ދިފާއީ ގާބިލުކަމާ ގުޅޭގޮތުން އެއްވެސް ފަރާތަކާ ނުވަތަ އެއްވެސް މަރުހަލާއެއްގައި އެއްވެސް ބަހުސެއް ނުކުރާނެ ކަމަށް ވެސް އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ ސާފުކޮށްދީފައެވެ.




