ވަރަށް ހިމުން، ލޮލަށް ނުފެންނަ ވަރުގެ ކުޑަކުޑަ ސޫއްޕެއް މަދިރީގެ ބުރަކަށި މަތީގައި ދިރިއުޅެއެވެ. އެސޮރު މަދިރިން ލޭ ބޮމުން ދާކަން ތިބާއަށް އެނގޭ ހެއްޔެވެ؟ މިއީ އިންސާނީ ބުއްދިއަށް ސިފަކުރަން ވެސް ދަތި، އިންޖިނިއަރިންގގެ މޮޅު ހުނަރުތަކެއް ލިބިފައިވާ ސޫއްޕެކެވެ.
މި މައުޟޫއަށް ދިއުމުގެ ކުރިން މިކަމާ މެދު ވިސްނާލަމާ ބަހީއެވެ!
ކީރިތި ޤުރުއާންގެ އުސްލޫބަކީ ބޮޑު އެއްޗަކުން ކުޑަ އެއްޗަކަށް މިސާލެއް ޖެއްސެވުމެއް ނޫނެވެ! އެއާ ޚިލާފަށް ޤުރުއާންގައި މިސާލު ޖައްސަވަނީ ކުޑައެއްޗަކުން ބޮޑު އެއްޗަކަށެވެ.
މަދިރިއާ ބެހޭ ބަޤަރާ ސޫރަތުގެ 26 ވަނަ އާޔަތުންނާއި ނިސާ ސޫރަތުގެ 49 އަދި 77 ވަނަ އާޔަތުންނާއި އިސްރާގެ 71 ވަނަ އާޔަތުންނާއި ނިސާ ސޫރަތުގެ 53 އަދި 124 ވަނަ އާޔަތުން ފެނިގެންދެއެވެ:
- (وَلَا يُظْلَمُونَ فَتِيلًا) – އަދި، ކިތަންމެ ކުޑަ މިންވަރަކުން ވިޔަސް، އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާނެއެވެ.
- (وَلَا يُظْلَمُونَ نَقِيرًۭا) – އަދި، ކިތަންމެ ކުޑަ މިންވަރަކުންވިޔަސް އެއުރެންނަށް އަނިޔާއެއް ނުކުރައްވާހުށްޓެވެ.
ދިވެހި ތަރުޖަމާ ކޮށްފައި ވަނީ މިއާޔަތްތައް އިހުގެ ތަފްސީރު އިލްމުވެރިން މާނަކުރައްވާފައިވާ ގޮތަށް ޚުލާސާކޮށްފައެވެ. އިހުގެ ހުރިހައި މުފައްސިރުން ވަނީ ބަހުގެ ގޮތުން އެއީ، ކަދުރުއޮށުގެ މެދުން ފެޅިފައިވާ ތަނުން ފެންނަ ފީތާ ކަމަށް މަނާ ކުރައްވާފައެވެ. ނަމަވެސް މިހާރު ލިބިފައިވާ މައުލޫމާތަކީ ލޮލަށް ނުފެންނަ ޒައްރާއެއް ފަޅާލާއިރު އޭގެ މެދުގައި ރަނގަބީލެއް (ބެލްއެއް) ހުންނަ ކަމާއި އެ ރަނގަބީލުގެ މެދުގައި ސޭލާއެއްފަދަ ފީތާއެއް ހުންނަ ކަމަށެވެ. ޔަޢުނީ އެހައި ކުޑަ މިންވަރަށްވެސް އިންސާނާއަށް އޭނާގެ ޚާލިޤުވަންތަ އިލާހުގެ ފަރާތުން އަނިޔާވެރިކަމެއް ނުލިބޭނެ ކަމެވެ.
ހަމައެފަދައިން މަދިރީގެ ވާހަކައިގައިވެސް (۞ إِنَّ ٱللَّهَ لَا يَسْتَحْىِۦٓ أَن يَضْرِبَ مَثَلًۭا مَّا بَعُوضَةًۭ فَمَا فَوْقَهَا) "ހަމަކަށަވަރުން މަދިރިއަކުން، ނުވަތަ އެއަށްވުރެ ބޮޑު އެއްޗަކުންވިޔަސް، އެއްވެސް ކަހަލަ މިސާލެއް ޖެއްސެވުމަކަށް اللَّه ލަދުވެތިވެވޮޑިގެނެއް ނުވެތެވެ." ދިވެހި ތަރުޖަމާގައި އޮންނަނީ (فَمَا فَوْقَهَا: އެއަށްވުރެ ބޮޑު އެއްޗަކުންވިޔަސް،) އެވެ. މިހާރު އެނގެނީ އެއީ މަދިރީގެ މަތީގައި އިންނަ ސޫފީގެ ވާހަކަ ކަމެވެ!

(فَمَا فَوْقَهَا) ގެ އިނގިރޭސި ތަރުޖަމާތައް:
- އަޒުހަރުގެ އިލްމުވެރިޔާ ޑރ. މުސްތަފާ ޚައްތާބު: or what is even smaller
- މައުލާނާ ތަޤީ އުސްމާނީ: or of something above it (in meanness)
- ސަޙީޙު އިންޓަރނޭޝަނަލް: a mosquito or what is smaller than it
- އަބްދުލްހަލީމު: even with something as small as a gnat, or larger
- މައުދޫދީ: a gnat, or even of something more lowly
- ޕިކްޓާލް: even of a gnat
- ޔޫސުފް އަލި: lowest as well as highest
بَعُوضَةًۭ فَمَا فَوْقَهَا ۚ މަދިރި ނުވަތަ އެސޮރުގެ މަތީގައި އިންނަ ސޫފީގެ މައުލުމާތު އެނގެނީ މިހާރުގެ ސައިންޓިފިކް އާލާތްތަކުގެ އެހީގައެވެ!
މި ސޫފި މަދިރީގެ ހަށިގަނޑުގައި ހަރުލާފައި ހުންނަނީ ވަރަށް ޚާއްޞަ ނިޒާމެއްގެ ދަށުންނެވެ. އޭގެ ފައިތަކުގައި ހުންނަނީ ވަރަށް ތޫނު، ހިމުން ކަށިތަކެއް ފަދަ ވަކި ތަކެކެވެ. މި ވަކިތަކަކީ، މަދިރި ކިތަންމެ ބާރަކަށް އުދުހުނަސް، އެސޫއްޕަށް މަދިރީގެ ގައިގައި ހަރުލާފައި ހުރުމަށް އެހީވެދޭ ސޭފްޓީ ބެލްޓެއް ފަދަ އެއްޗެކެވެ.
މި ސޫފި މަދިރީގެ ހަށިގަނޑުން ކާނާ ހޯދަނީ ވަރަށް ސައިންޓިފިކް ގޮތަކަށެވެ. އޭގެ އަނގައިގައި ހުންނަ ތޫނު ކަށިތަކުން މަދިރީގެ ބޭރު ފަށަލަ ފޫއަޅުވާލައެވެ. އެއަށްފަހު، އެތަނަށް ޚާއްޞަ ކެމިކަލްތަކެއް ފޮނުވާލައި، މަދިރީގެ ޓިޝޫތަކުގެ ތެރޭގައި ހަރުލާ ވައްތަރުގެ "ސްޓައިލޯސްޓަމް" ކިޔާ ހޮޅިއެއް އުފައްދައެވެ. މިއީ މަދިރީގެ ހަށިގަނޑުން ލޭ ބުއިމަށް މި ސޮރު އަމިއްލައަށް އުފައްދާ "ސްޓްރޯ" އެއް ފަދަ ހޮޅިއެކެވެ.
މިކަމުގައި އެންމެ އަޖައިބު ކުރުވަނިވި ކަމަކީ، މި ސޫއްޕަށް ފެނުމުގެ ބާރެއް ލިބިފައި ނެތް ކަމެވެ. ނަމަވެސް އޭގެ މުޅި ހަށިގަނޑު ފުރިފައިވަނީ "ސެޓޭ" ކިޔާ ނާޒުކު ކުޑަކުޑަ ލޯލިތަކަކުންނެވެ. މިއީ އެ ސޮރުގެ ވަށައިގެން ހިނގާ އެންމެ ހިމޭން ހަރަކާތްތައް ވެސް ދެނެގަނެވޭ، ސެންސަރެއް ފަދަ އެއްޗެކެވެ. މީގެ ސަބަބުން އެސޮރަށް މަދިރީގެ ހަށިގަނޑުން އެންމެ ފަސޭހައިން ކާނާ ލިބޭނެ ހިސާބު އޮޅުންފިލައެވެ.
ފެން ފޮދަކަށްވުރެން ލުއި މަރިދީރިއެއް ފަދަ މަޚުލޫޤެއްގައި މި ކުޑަކުޑަ ސޫފި ލައްވައި، މިފަދަ ބޮޑެތި އިންޖިނިއަރިންގް ނިޒާމުތައް ތަދުބިރު ކުރައްވާ ފަރާތަކީ ކިހާ މަތިވެރި ފަރާތެއް ހެއްޔެވެ!
ތަރުޖަމާ، އިތުރު މައުލުމާއެކު!
މަދިރިއަކުން، މިސާލު ޖެއްސެވުމަކަށް اللَّه ލަދުވެތިވެވޮޑިގެނެއް ނުވެތެވެ.

