އެމެރިކާ އާއި އީރާނާ ދެމެދު ނިއުކްލިއާ މަޝްވަރާތައް ފެށުމަށް ސްވިޒަލޭންޑަށް ދަތުރުކުރަނީ

އެމެރިކާ އާއި އީރާނާ ދެމެދު ނިއުކްލިއާ އެއްބަސްވުމަކަށް އައުމާ ގުޅޭގޮތުން ބާއްވާ ފުރަތަމަ ބުރުގެ މަޝްވަރާތަކަށް، ވައިޓް ހައުސްގެ މަންދޫބު ސްޓީވް ވިޓްކޮފް ސްވިޒަލޭންޑަށް ދަތުރުކުރައްވަމުން ގެންދަވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ހާމަކުރައްވައިފިއެވެ. އެކްސިއޯސް ވެބްސައިޓުން ރިޕޯޓުކުރާ ގޮތުގައި، މި މަޝްވަރާތަކުގައި އެމެރިކާގެ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުން ނައިބު ރައީސް ޖޭ ޑީ ފާންސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި މަޝްވަރާތަކުގައި ޓްރަމްޕްގެ ދަނބިދަރި ޖެރާޑް ކުޝްނާ ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި މަޝްވަރާތައް ފެށުމަށް ހަމަޖެހިފައި އޮތީ ހުކުރު ދުވަހު އެވެ. ނަމަވެސް، ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން އީރާނުން އެކަން ފަސްކޮށް ހަމަލަތައް ހުއްޓުވުމަށް ވޮޝިންޓަނަށް ވަނީ މަޖުބޫރުކޮށްފައެވެ.

މަޝްވަރާތައް ފެށޭނެ އާ ތާރީޚެއް އަދި ކަނޑައަޅާފައި ނުވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ހިއްސާ ކުރައްވާ!