ޕާކިސްތާނުގެ ހޯމް މިނިސްޓަރު އީރާންގެ ވަފުދާއެކު ސްވިޓްޒަލޭންޑަށް

އެމެރިކާ އާއި އީރާނާ ދެމެދު ސްވިޓްޒަލޭންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު މަޝްވަރާތަކުގައި ބައިވެރިވުމަށް، ޕާކިސްތާނުގެ ހޯމް މިނިސްޓަރު މުހްސިން ނަގްވީ، އީރާންގެ ވަފުދާއެކު ސްވިޓްޒަލޭންޑަށް ދަތުރުކުރައްވައެވެ.

މި މަޝްވަރާތަކުގައި ބައިވެރިވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފް ވެސް އާދީއްތަ ދުވަހު ސްވިޓްޒަލޭންޑަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ހޯމް މިނިސްޓަރު މުހްސިން ނަގްވީ ވަނީ ސްވިޓްޒަލޭންޑަށް ދަތުރުކުރެއްވުމުގެ ކުރިން އީރާނަށް ވަޑައިގެން، އެ ގައުމުގެ ރައީސް މަސްއޫދު ޕެޒޭޝްކިއާންއާ ބައްދަލުކުރައްވާފައެވެ.

އީރާނުން ބޭނުންވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ވެފައިވާ ވައުދުތައް ތަންފީޒު ކުރުމަށެވެ. ލުބްނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި މިހާރު ބަންދުކޮށްފައެވެ.

އެމެރިކާގެ ސިފައިން ބުނާ ގޮތުގައި، ހުރުމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އީރާނުގެ އަތްމަތީގައި ނެތް ކަމަށާއި، މިހާރު ވެސް ކަނޑުމަތީގެ ދަތުރުފަތުރުތައް ކުރިއަށްދާ ކަމަށެވެ.

ހިއްސާ ކުރައްވާ!