92 އިންސައްތަ އިޒްރޭލު މީހުން ދެކޭ ގޮތުގައި ހަނގުރާމައިގެ ފައިދާ ލިބުނީ އީރާނަށް

އިޒްރޭލުގެ ހީބްރޫ ޔުނިވަރސިޓީން ކުރިއަށް ގެންދިޔަ ސާވޭއަކުން ދައްކާ ގޮތުގައި، ގާތްގަނޑަކަށް 92 އިންސައްތަ އިޒްރޭލު މީހުން ގަބޫލުކުރަނީ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ފައިދާ ލިބުނީ އީރާނަށް ކަމަށެވެ. އަދި ހަނގުރާމައިން އިޒްރޭލު މޮޅުވީ ކަމަށް ގަބޫލުކުރަނީ އެންމެ 8 އިންސައްތަ މީހުންނެވެ. މި ސާވޭގެ ނަތީޖާ ރިޕޯޓުކޮށްފައި ވަނީ އާދީއްތަ ދުވަހުއެވެ.

ހަނގުރާމައިގެ މަގްސަދުތައް ހާސިލުނުވާ ކަމަށް ގާތްގަނޑަކަށް 90 އިންސައްތަ އިޒްރޭލު މީހުން ގަބޫލު ކުރެއެވެ. މީގެ އިތުރުން، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަނގުރާމައިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް ބުނާ ބުނުން 70 އިންސައްތައަށްވުރެ ގިނަ މީހުން ގަބޫލެއް ނުކުރެއެވެ.

ހިއްސާ ކުރައްވާ!