އީރާނާއި އެމެރިކާއާ ދެމެދު އެކުލަވައިލި އިސްލާމްއާބާދު ފަހުމުނާމާ ތަންފީޒުކުރަން ފެށިތާ 5 ދުވަސް ތެރޭގައި، އެ ޤައުމުން 36 މިލިއަން ފީފާގެ ތެޔޮ ބޭރުކޮށްފައިވާ ކަމަށް އީރާނުގެ މީޑިއާ ރިޕޯޓުކޮށްފިއެވެ. މިއީ ފާއިތުވި މަސްތަކުގައި ހަނގުރާމައާއި ކަނޑުމަތީގެ ހުރަސްތަކުގެ ސަބަބުން ދަށްވެފައިވާ އީރާނުގެ ތެލުގެ އެކްސްޕޯޓަށް ލިބުނު ދިރުމެކެވެ. މީގެ ކުރިން ހަނގުރާމައިގެ ތެރޭގައި އީރާނުގެ ތެޔޮ އުފެއްދުން ދުވާލަކު 1 މިލިއަން ފީފާއަށް ވުރެ ދަށަށް ވެއްޓުނު ނަމަވެސް، މިހާރު މި ވަނީ އެ މިންވަރު އިތުރުވެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ ރައީސް މަސްއޫދު ޕަޒެޝްކިއަން އީކޮށް ސޮއިކުރެއްވި މި އެއްބަސްވުމުގެ ދަށުން، މިދިޔަ އާދީއްތަ ދުވަހު ސްވިޒަލޭންޑުގެ ބިއުރގެންސްޓޮކް ރިސޯޓުގައި ވަނީ ދެ ޤައުމުގެ ދެމެދުގައި ފުރަތަމަ ރައުންޑުގެ މަޝްވަރާތައް ބާއްވާފައެވެ. މި މަޝްވަރާތަކުގެ މަގުސަދަކީ ދެ ޤައުމުގެ ދެމެދުގައި ހުރި ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ސުލްހަ ގާއިމުކުރުމެވެ.
މި އެއްބަސްވުމުގައި ސޮއިކުރި ފަހުން ދެ ފަހަރު އެމެރިކާ ރައީސް ވަނީ އީރާނަށް ހަމަލަ ދޭނެ ކަމުގެ އިންޒާރު ދީފައެވެ. އީރާނުން ސިފަ ކޮށްފައި ވަނީ ނާތަހުޒީބު އަމަލެއްގެ ގތުގައެވެ.






