މާމަލުން ފޮނި ބޮއެ އުޅޭ ބިލް ގޭޓްސްއަކީ އަންހެނުން ހިތި މީހެއް!

މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް، އޭނާގެ ކުރީގެ އަނބިކަނބަލުން މިލިންޑާއާ ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު، އެހެން އަންހެނުންނާ އެކު ގުޅުންތަކެއް ހަރާން ގުޅުންތައް ބޭއްވިކަމަށް އިއުތިރާފުވެއްޖެއެވެ. ޖެފްރީ އެޕްސްޓައިންގެ މައްސަލައާ ގުޅިގެން އެމެރިކާގެ ކޮންގްރެސްގައި ބޭއްވި އަޑުއެހުމެއްގައި އޭނާ މިކަން ހާމަކުރީ، މި މައްސަލަތަކުގެ ސަބަބުން 27 އަހަރުގެ ކައިވެންޏަށްފަހު 2021 ވަނަ އަހަރު އޭނާ ވަރިވާން ޖެހުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެކަން ހިމެނޭތީއެވެ.

ގުޅުން ހިންގިކަމަށް އިއުތިރާފުވި ފަރާތްތައް:

  • އެލިސް ޖޭކަބްސް ނިސްލަރޮޑް: މެޑިކަލް ދާއިރާގެ ވިޔަފާރިވެރިއެއް އަދި ހާވަޑް ޔުނިވާސިޓީން ޑޮކްޓަރޭޓް ހާސިލުކޮށްފައިވާ ކަމަނާއެކެވެ.

  • ކަރީނާ ނިގްމަތުލީނާ: ރަޝިޔާގެ ނިއުކްލިއާ ސައިންސްވެރި ކަނބަލެކެވެ.

  • މީލާ އެންޓޮނޯވާ: ރަޝިޔާގެ ބްރިޖް ކުޅޭ ކަނބަލެކެވެ.

ކޮންގްރެސްގެ ތަހުގީގުގައި ވާހަކަ ދައްކަމުން ބިލް ގޭޓްސް ބުނީ، އެލިސް ޖޭކަބްސްއާ އެކު އޮތް ގުޅުން އޭނާގެ ކުރީގެ އަނބިކަނބަލުން މިލިންޑާއަށް އެންގީ ކޮން އިރަކުކަން ހަނދާން ނެތް ކަމަށެވެ. ނަމަވެސް އެއީ 2013 ވަނަ އަހަރުގެ ކުރިން ހިނގި ކަމެއް ކަމަށާއި، 2013 ވަނަ އަހަރު އޭނާ ވަނީ ކަރީނާ ނިގްމަތުލީނާ އާއި މީލާ އެންޓޮނޯވާއާ އެކު އޮތް ގުޅުންތަކުގެ ވާހަކަ މިލިންޑާއަށް ކިޔައިދީފައި ކަމަށެވެ.

އޭނާ ބުނި ގޮތުގައި، 2013 ވަނަ އަހަރު އެ ވާހަކަތައް ހިއްސާކުރުމުން މިލިންޑާއަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ލިބުނު ނަމަވެސް، އެ ހިސާބުން ވަރިއާ ހަމައަށް ކަންކަން ގޮސްފައި ނުވާ ކަމަށެވެ. ޖެފްރީ އެޕްސްޓައިންއާ ގުޅުން އޮތްކަމަށް ބުނެ ގޭޓްސްއަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އޭނާ ވަނީ އެޕްސްޓައިން މެދުވެރިކޮށް އަންހެނުން ހޯދަން އުޅުމަކީ އޭނާއަށް ހެދުނު ބޮޑު ގޯހެއް ކަމަށާއި އެކަމާމެދު ހިތާމަކުރާ ކަމަށެވެ.

މި އަޑުއެހުމަކީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ފަރާތުން ވަރަށް ބޮޑެތި ސުވާލުތަކެއް ކުރިމަތިވި، ވަރަށް އުނދަގޫ އަދި ލަދުވެތި މާހައުލެއްގައި ކުރިއަށް ދިޔަ އަޑުއެހުމެއްކަން ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!