އީރާނާއި އިޒްރޭލާ ދެމެދު ނިއުކްލިއާ ހަނގުރާމައެއް ހިނގާފާނެ ކަމަށް ރަޝިޔާއިން ބުނުން!

ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ނައިބު ރައީސް ދިމިތުރީ މެޑުވެޑޭވް އީރާނާއި އިޒްރޭލާ ދެމެދު ނިއުކްލިއާ ހަނގުރާމައެއް ހިނގާފާނެ ކަމަށް ވިދާޅުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއް މިއަދު ދަރު ވާން ފަށައިފިއެވެ. މި ޕޯސްޓުކޮށްފައި ވަނީ ރަޝިޔާއަށް ތާއީދުކުރާ އެކައުންޓަކުންނެވެ.

މި ޚަބަރު ފެތުރެން ފެށީ 24 ޖޫން 2026 ގައި ރަޝިޔާއަށް ސަޕޯޓު ކުރާ އެކައުންޓުން ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

މި ޕޯސްޓްްގެ ސްޓޭޓްމެންޓް ފެކްޓް ޗެކް ކޮށްލިއިރު:

  • މި ސްޓޭޓްމެންޓަކީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރިއަށް ގެންދިޔަ 12 ދުވަހުގެ އުދުވާނުގައި މެޑްވެޑޭވް ދެއްވާފައިަވާ ބަޔާނެކެވެ.
  • 27 މާރޗް 2026 ގައި މެދުވެދޭފް ވިދާޅުވީ، އިޒްރޭލާއި އީރާނާ ދެމެދު "ކޮންމެވެސް ސިފައެއްގައި" ނިއުކްލިއާ ހަނގުރާމައެއް ހިނގުމަކީ ނުވެ ނުދާނެ ކަމެއް ކަމަށެވެ.
  • އޭނާ މި ވާހަކަ ވިދާޅުވީ އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ދެމުން ދިޔަ އުދުވާނީ ހަމަލަތަކާ ގުޅޭގޮތުން ކުރެވުނު ސުވާލުތަކަކަށް ޖަވާބު ދެއްވަމުންނެވެ.

މިއީ މިހާރު އަލަށް އޭނާ ދެއްވާފައިވާ ސްޓޭޓްމެންޓެއް ނޫނެވެ!

ހިއްސާ ކުރައްވާ!