Unsplash by Chris Karidis
Unsplash by Chris Karidis

ޔޫރަޕުން ކަރަންޓު ކެނޑި ހޫނުގައި ފިހެވެމުން ދަނީ!

ހުޅަނގު ޔޫރަޕްގެ ޤައުމުތަކަށް މިހާރު ކުރިމަތިވެފައިވާ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން، ރެކޯޑް މިންވަރަކަށް ހޫނުގަދަވެ ފަރަންސޭސިވިލާތުގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ. މި ހޫނުގަދަވުމުގެ ސަބަބުން ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ވަނީ އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިންތިހާއަށް ހޫނުގަދަވާނެކަމުގެ އިންޒާރުތައް ނެރެފައެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެފައިވަނީ، ޔޫރަޕަށް ކުރިމަތިވެފައިވާ މި ހޫނުގަދަވުމަކީ ރައްޔިތުންގެ ސިއްޙަތަށް ބޮޑު ނުރައްކަލެއް ކަމަށެވެ.

ފަރަންސޭސިވިލާތުގެ ހާލަތު:

  • 1947 ވަނަ އަހަރަށްފަހު ފަރަންސޭސިވިލާތުގައި ރެކޯޑް ކުރެވުނު އެންމެ ހޫނު ދުވަހުގެ ގޮތުގައި ބުދަ ދުވަސް ވަނީ ވެފައެވެ.
  • ހޫނުގަދަވުމުގެ ސަބަބުން ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން 68،000 އަށްވުރެ ގިނަ ގޭބިސީއަކުން ވަނީ ކަރަންޓު ކެނޑިފައެވެ.
  • މި ހާދިސާތަކާއި ގުޅިގެން ފިނިކަން ހޯދުމަށް ފެންގަނޑަށް އެރި އުޅުމުގެ ތެރޭގައި 48 މީހުން ގެނބިގެން މަރުވެފައިވާއިރު، ކާރުތެރޭގައި ދެ ކުޑަކުއްޖަކު މަރުވެފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސިވިލާތް:

  • އިނގިރޭސިވިލާތުގައި ޖޫން މަހުގެ ހޫނުމިން 35.7 ޑިގްރީ ސެލްސިއަސްއަށް ބުދަ ދުވަހު ވަނީ ރެކޯޑް ކުރެވިފައެވެ.
  • މެޓް އޮފީހުން ވަނީ މެދުތެރެއާއި ދެކުނު އިންގްލެންޑުގެ ސަރަހައްދުތަކަށް "ރަތް" އިންޒާރު ނެރެފައެވެ. މިއީ މިފަދަ އިންޒާރެއް އެ ޤައުމުން ނެރުނު ދެވަނަ ފަހަރެވެ.

ޔޫރަޕްގެ އެހެން ސަރަހައްދުތައް:

  • އިޓަލީގެ 16 ސަހަރަކަށް ހޫނުގަދަވުމުގެ ރަތް އިންޒާރު ނެރެފައިވާއިރު، ސްޕެއިންގައި ވެސް ޖޫން މަހުގެއާދަޔާ ޚިލާފް ހޫނުމިންތަކެއް ވަނީ ރެކޯޑް ކުރެވިފައެވެ.
  • މި ހޫނުގަދަވުމުގެ އަސަރު ކުރިއަށް އޮތް ދުވަސްތަކުގައި އިރުމަތީ ޔޫރަޕަށް ޕޮލެންޑް، ކްރޮއޭޝިއާ އަދި ހަންގޭރީއަށް ފޯރާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރެއެވެ.

ދުނިޔޭ ހޫނުވުން މައްޗަށް ދިއުމުގެ ސަބަބުން މިފަދަ ހޫނުގަދަވުމުގެ ހާދިސާތައް އިތުރުވެ، ދިގުލައިގެން ދާނެކަމަށް ސައިންސްވެރިން އިންޒާރުދެއެވެ.

ހިއްސާ ކުރައްވާ!