ކަރާޗީގައި ބައްޕައަކާއި ބޮޑުބޭބެއަކު އަނިޔާކޮށް 10 އަހަރުގެ ކުއްޖަކު މަރާލައިފި

ޕާކިސްތާނުގެ ކަރާޗީގެ ސުރްޖާނީ ޓައުންގައި ބައްޕައަކާއި ބޮޑުބޭބެއަކު ގުޅިގެން 10 އަހަރުގެ ކުއްޖަކަށް އަނިޔާކޮށް މަރާލައިފި ކަމަށް ނިއުސް އެޗްޑީ ޓީވީ ޗެނަލުން ރިޕޯޓްކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި ފުލުހުން މިހާރު ވަނީ އެ ކުއްޖާގެ ބައްޕަ އަޒްހަރު އާއި ބޮޑުބޭބެ ސުލްޠާން ހައްޔަރުކޮށްފައެވެ.

އޭނާ އިތުރަށް ބުނީ، 10 އަހަރުގެ ކުއްޖާ ޙައިދަރު ބައްޕަގެ ގެއަށް އައީ އިއްޔެ އޭނާގެ މަންމަގެ ގެއިން ކަމަށެވެ. "އާއިލީ މައްސަލައެއްގެ ތެރެއިން އެ ކުއްޖާއަށް އަނިޔާކޮށް މަރާލީ،" އެސްއެސްޕީ ވިދާޅުވިއެވެ.

މަރުވެފައިވާ ކުއްޖާގެ ހަށިގަނޑު މިހާރު ވަނީ ޢައްބާސީ ޝަހީދު ހޮސްޕިޓަލަށް ޕޯސްމޯޓަސމް ހެދުމަށް ގެންގޮސްފައެވެ.

ހިއްސާ ކުރައްވާ!