އިންޑިއާއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި، ބަންގްލަދޭޝްގެ މޮންގްލާ ބަނދަރު ކައިރީގައި އިގްތިސާދީ ޒޯނެއް ތަރައްގީކުރުމަށް ޗައިނާއާއެކު އެއްބަސްވުމެއް ސޮއިކޮށްފިއެވެ. މިއީ ކުރިން އިންޑިއާއަށް ދީފައި އޮތް ބިމެއްގައި ކުރިއަށްގެންދަން ހަމަޖެހުނު މަޝްރޫއެކެވެ.
މި މަޝްރޫއު އިންޑިއާގެ އަތުން ބީވެގެން ދިޔަ ގޮތް:
-
2015 ވަނަ އަހަރު އިންޑިއާއާއި ބަންގްލަދޭޝްއާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން، މޮންގްލާ ބަނދަރު ސަރަހައްދުގައި އިގްތިސާދީ ޒޯނެއް ތަރައްގީކުރަން އިންޑިއާއަށް ހަމަޖެހުނެވެ.
-
2024 ވަނަ އަހަރު ބަންގްލަދޭޝްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޝެއިޚް ހަސީނާގެ ވެރިކަން ވެއްޓި، މުހައްމަދު ޔޫނުސްގެ ވަގުތީ ސަރުކާރު އައުމުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ.
-
2025 ވަނަ އަހަރު ބަންގްލަދޭޝްގެ ސަރުކާރުން ވަނީ އިންޑިއާގެ ކުންފުންޏަކުން މަސައްކަތް ފެށުމުގައި ލަސްތަކެއް ހުރި ކަމަށް ބުނެ، އެ މަޝްރޫއުން އިންޑިއާ ބާކީކޮށްފައެވެ.
-
މި ހުސްވި ޖާގައަށް ޗައިނާގެ ދައުލަތުގެ ކުންފުންޏަކުން ވަދެ، އެ 110 އޭކަރުގެ ބިމުގައި މެނުފެކްޗަރިން އަދި ސްޓޯރޭޖް ފެސިލިޓީތައް ހަދަން އެއްބަސްވިއެވެ.
އިންޑިއާއަށް އޮތް ކަންބޮޑުވުންތައް:
-
ބޭ އޮފް ބެންގަލްގައި ޗައިނާގެ ނުފޫޒު ގަދަވުމަކީ އިންޑިއާގެ އިރުމަތީ އައްސޭރިއާ މާ ކައިރި ސަރަހައްދެއްގައި ޗައިނާގެ ހަރަކާތްތައް އިތުރުވާނެ ކަމެކެވެ. ޗައިނާއިން އެހެން ގައުމުތަކުގެ ބަނދަރުތައް ޖާސޫސީ މަސައްކަތްތަކަށް ބޭނުންކުރާ ކަމަށް މީގެ ކުރިން ތުހުމަތުކުރެވިފައިވެއެވެ.
-
މޮންގްލާ ބަނދަރުގެ އިތުރުން ޓީސްޓާ ކޯރު މެނޭޖްކުރުމުގައި ވެސް ޗައިނާގެ އެހީތެރިކަން ބަންގްލަދޭޝްއިން ހޯދަން ނިންމުމަކީ އިންޑިއާއަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ. މި ސަރަހައްދަކީ އިންޑިއާގެ ހުޅަނގު އުތުރުގެ ސްޓޭޓްތަކާ މައި ފަސްގަނޑާ ގުޅުވައިދޭ ޗިކެންސް ނެކް ގެ ނަމުން މަޝްހޫރު ސިލިގޫރީ ކޮރިޑޯއާ ވަރަށް ކައިރި ސަރަހައްދެކެވެ..






