ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޚާރިޖީ ވަޒީރު މުހައްމަދު އިސްހާގު ދާރު، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއާ ފޯނުން ގުޅުއްވައި މިއަދު މަޝްވަރާކުރައްވައިފިއެވެ.
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި މަޝްވަރާތަކުގައި ޕާކިސްތާނުން ވަނ ީ ސުލްހައަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.
-
ސުލްހައަށް މަސައްކަތްކުރުން: ސަރަހައްދީ އަދި ސަރަހައްދުން ބޭރުގެ ސުލްހައާއި ދެމިއޮތް ހަމަޖެހުން ގާއިމުކުރުމަށް، ޕާކިސްތާނުގެ ފަރާތުން ކުޅެވެން ހުރި އެންމެހާ ބިނާކުރަނިވި ދައުރެއް އަދާކުރާނެ ކަމުގެ ޔަގީންކަން އިސްހާގު ދާރު ދެއްވިއެވެ.
-
އީރާނުގެ ޝުކުރު: ސުލްހައިގެ މަސައްކަތްތައް ކުރިއެރުވުމަށް ޕާކިސްތާނުން ދެމުންދާ އެއްބާރުލުމަށް އީރާނުގެ ޚާރިޖީ ވަޒީރު އަރާގްޗީ ޝުކުރު އަދާކުރެއްވިއެވެ.
-
އިރާނު ރައްޔިތުން އަނބުރާ ގެންދިއުން: ހާލުގައި ޖެހުނު އީރާނުގެ ފަޅުވެރިންނާއި މަސްވެރިން ސަލާމަތުން އަދި ފަސޭހަކަމާއެކު ގައުމަށް އެނބުރި ގެންދިއުމަށް ޕާކިސްތާނުން ފަހިކޮށްދިން ފުރުސަތުތަކަށް އީރާނުން ވަނީ ޝުކުރު އަދާކޮށްފައެވެ.
-
ގުޅުން ދެމެހެއްޓުން: ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށް، ދެ ފަރާތުން ވެސް ގާތުން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.
މި މަޝްވަރާތައް މި ކުރިއަށް ދިޔައީ ފަހުމުނާމާއާ ޚިލާފްވެގެން އެމެރިކާއިން އީރާނަށް ބޮން އެޅި ފަހުންނެވެ.





