ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް އީރާނާއެކު ވިލަރެސް ކުރަން ޖެހެއެވެ. އީރާނުން ވަނީ އުޅަނދުގެ މައުލުމާތު ފޯރުކޮށް ދިނުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައެވެ. އެކަމަށް އިސްލާމްއާބާދު ފަހުމުނާމާގައިވެސް އެއްބަސްވެފައި ވެއެވެ. އެއާ ޚިލާފްވާ އުޅަނދުތަކަށް އީރާނުން އިންޒާރު ދެއެވެ. އެމެރިކާއިން އިރާނަށް ބޮން އެޅީ ވިލަރެސް ނުކޮށް ދިޔަ އުޅަނދަކަށް އީރާނުން ހަމަލަ ދިނުމުންނެވެ.
ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް އީރާނާއެކު ވިލަރެސް ކުރަން ޖެހޭތޯ މިއީ މިހާރު ވަރަށް ބޮޑަށް ހޫނުވެފައިވާ އަދި ދެބަސްވުންތައް އުފެދިފައިވާ މައްސަލައެކެވެ. އެމެރިކާ އީރާންގެ ފަހުމުނާމާ ބުނަނީ ވިލަރެސް ކުރަނ ޖެހޭނެ ކަމަށެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނާ ގޮތުގައި، އިސްލާމްއާބާދު ފަހުމުނާމާ ގެ 5 ވަނަ މާއްދާގެ ދަށުން، ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ ކޮންމެ އުޅަނދެއް ވެސް އީރާނާއެކު ވިލަރެސް ކުރަން ޖެހޭނެއެވެ. އީރާނުން ދައުވާ ކުރަނީ، އެއީ އީރާނުގެ ސަރަހައްދީ ކަނޑުކަމުގައި ވިޔަސް ނުވަތަ އޮމާނުގެ ސަރަހައްދު ކަމުގައި ވިޔަސް، ހުރިހާ އުޅަނދެއް ވެސް އެ ވިލަރެސްކުރުމަށް އަމަލު ކުރުން ލާޒިމު ކަމަށެވެ.
އީރާނުގެ މި ދައުވާއާ ދެކޮޅަށް އެމެރިކާއިންނާއި ބައިނަލްއަގްވާމީ ބައެއް ފަރާތްތަކުން ދެކޮޅު ހަދައެވެ. އެފަރާތުން ބުނަނީ މިއީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދެއް ކަމުން، ކޮންމެ އުޅަނދަކަށް ވެސް މިނިވަންކަމާއެކު ދަތުރުކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
ހުރުމުޒު ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމުން، އެ ކަނޑުއޮޅި ކޮންޓްރޯލް ކުރުމަކީ އީރާނަށް ލިބިފައިވާ އެންމެ ނުފޫޒު ފޯރުވޭނެ ވަސީލަތެވެ. އީރާނުން ގަބޫލުކުރާ ގޮތުގައި މި ނުފޫޒު ގެއްލިއްޖެނަމަ، އެ ގައުމުގެ މަޝްވަރާތަކުގެ ބާރު ވަރަށް ބޮޑަށް ދަށްވެގެން ދާނެއެވެ.
މި ވިލަރެސްކުރުމުގެ މައްސަލައާ ގުޅިގެން ހިނގަމުންދާ ކުރިމަތިލުންތަކަކީ މިހާރު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އީރާނުން ވަނީ، މިކަމާ ގުޅިގެން ހަމަލާތައް ތަކުރާރުވާނަމަ، ކުރިއަށްވުރެ ހަރުކަށި އަދި ފުޅާ ރައްދެއް ދޭނެ ކަމަށް އިންޒާރު ދީފައެވެ.
ހުރުމުޒު ކަނޑުއޮޅި ކޮންޓްރޯލް ކުރުމަކީ ޖިއޯޕޮލިޓިކަލް ގޮތުން އެމެރިކާއާއި އީރާންގެ ދެމެދުގައި އޮތް ބާރުގެ ވާދަވެރިކަމުގެ މައިދާނެކެވެ.






