ނަމީބިއާ: ޖަރުމަނުން ހިންގި ޖެނޮސައިޑަށް ބަދަލު ހޯދަނީ

ނަމީބިއާގެ އެޓާނީ ޖެނެރަލް ފީސްޓަސް ކަޓޫނާ މްބަންޑިކާ ވިދާޅުވީ، 20 ވަނަ ގަރުނުގެ ކުރީކޮޅު ޖަރުމަނުން އެ ގައުމުގެ ގަބީލާތަކާ ދެކޮޅަށް ހިންގި ޖެނޮސައިޑްގެ ޖަރީމާތަކަށް ބަދަލު ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

  • 1904 އިން 1908 އާ ދެމެދު، ޖަރުމަނުގެ ބާރުތަކުން ނަމީބިއާ އޭރުގެ ޖަރުމަން ސައުތު ވެސްޓް އެފްރިކާ ގައި ހެރީރޯ އަދި ނަމާ ގަބީލާތަކުގެ އެތައް ހާސް ބަޔަކު ވަނީ މަރާލާފައެވެ. ގިނަ ތަޖުރިބާކާރުން މި ހާދިސާތައް ސިފަކުރަނީ 20 ވަނަ ގަރުނުގެ ފުރަތަމަ ޖެނޮސައިޑްގެ ގޮތުގައެވެ.

  • ޖަރުމަނުން ވަނީ އެ ގައުމުން ހިންގީ ޖެނޮސައިޑެއް ކަމަށް ކުރިން އިއުތިރާފުވެ، ރަސްމީކޮށް މާފަށް އެދިފައެވެ.

  • ސެއިންޓް ޕީޓާސްބާގް އިންޓަނޭޝަނަލް ލީގަލް ފޯރަމްގެ ހަވާސާގައި ވާހަކަދައްކަވަމުން އެޓާނީ ޖެނެރަލް ވިދާޅުވީ، މިހާރު ކުރިއަށްދަނީ ބަދަލުގެ ގޮތުގައި ދޭނެ މިންވަރަކާ މެދު މަޝްވަރާ ކުރުން ކަމަށެވެ. "ބަދަލުގެ ގޮތުގައި ކިތަންމެ ބޮޑު ފައިސާއެއް ދިނަސް، ގެއްލިގެންދިޔަ ފުރާނަތަކާއި ލިބުނު ވޭންތަކަށް ފުރިހަމަ ބަދަލެއް ނުލިބޭނެ،" މްބަންޑިކާ ވިދާޅުވިއެވެ.

މިހާރު ދެ ގައުމުން ވެސް މަސައްކަތްކުރަނީ ބަދަލު ދިނުމުގެ ގާނޫނީ އުސޫލުތައް ކަނޑައެޅުމަށެވެ. އަދި ހަމައެކަނި ފައިސާ ދިނުމުގެ އިތުރުން، އެ ހާދިސާތަކުގެ ހަނދާންތައް ދެމެހެއްޓުމަށާއި، ދެ ގައުމުގެ ދެމެދުގައި ސުލްހަވެރިކަން ގާއިމުކުރުމަށް ސިލްސިލާ އިވެންޓްތަކެއް ބޭއްވުމަށް ނަމީބިއާއިން ބޭނުންވެއެވެ.

މިއީ އިސްތިއުމާރީ ޒަމާނުގައި ކުރެވުނު ކުށްތަކަށް ޒިންމާދާރުކުރުވައި، ތާރީޚީ އިންސާފު ހޯދުމަށް ނަމީބިއާއިން ކުރަމުންދާ ވަރަށް މުހިންމު މަސައްކަތެކެވެ.

ޖަރުމަނަކީ ފަލަސްޠީނުގެ ޖެނޮސައިޑްގައި ޒަޔަނސިްޓު ރެޖީމަށް އެހީވެދޭ ގައުމެކެވެ.

ހިއްސާ ކުރައްވާ!