މެދުއިރުމަތީގެ މަސްރަހު އަނެއްކާވެސް ބޮޑު ހަނގުރާމައަކާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. އެމެރިކާގެ އަސްކަރީ ޖެޓުތަކުން އީރާނުގެ ސިރިކް، ބަންދަރޭ ލެންގެ އަދި ގޭޝަމް ޖަޒީރާއަށް ދެވަނަ ދުވަހު ވެސް ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން އީރާނުން އެމެރިކާއާ ދެކޮޅަށް ރައްދު ހަމަލަތައް ދީފިއެވެ.
އީރާނުން ހަމަލަ ދީފައި ވަނީ އެމެރިކާގެ ހަމަލަތަކަށް ފަހިކޮށްދިން އަރަބި އަޚުންނާ ދެކޮޅަށެވެ.
އީޜާންގެ ހަމަލާތަކާ ގުޅިގެން ބަހުރައިނާއި ކުވައިތުގައި އިންޒާރުގެ އަޑުތައް ގުގުމަމުން ދެއެވެ. ކުވައިތުގެ ސިފައިން ބުނީ އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުތަކުން ދަނީ "ހަމަލާދޭން އަންނަ މިސައިލްތަކާއި ޑްރޯންތަކަށް" ރައްދުދެމުންނެވެ.
- އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ ކުވައިތުގައި ހުންނަ އެމެރިކާގެ އަލީ އައްސަލީމް އަސްކަރީ ބޭސްއަށާއި،
- ބަހުރައިނުގެ މަނާމާގައި ހުންނަ އެމެރިކާގެ ފަސްވަނަ ކަނޑުގެ ފްލީޓަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާތަކެއް ދިންކަން ކަށަވަރުކޮށްދީފައެވެ.
- އައިއާރުޖީސީން ބުނާ ގޮތުގައި މިއީ އެމެރިކާއިން އީރާނުގެ އައްސޭރިފަށުގެ ފަސް ސަރަހައްދަކަށް ދިން ބޮމުގެ ހަމަލާތަކަށް ދިން ރައްދެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަނީ، ފަސޭހަކަމާއެކު އިސްލާމްއާބާދު ފަހުމުނާމާއަށް އުރެދެމުންނެވެ.
ޓްރަމްޕްގެ އުދުވާނީ ސިޔާސަތާ ހެދި ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، ސަރަހައްދުގެ ސަލާމަތީ މަސްލަހަތު ގެއްލެމުންދާތީ އޮމާން، ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށް، ބަހުރައިނަށް ދިން ހަމަލާ ކުށްވެރިކޮށްފައެވެ. މި ހާލަތުގެ ސަބަބުން މިދިޔަ ހަފުތާގައި ސޮއިކުރެވުނު ސުލްހައިގެ އެއްބަސްވުންތަކުގެ މުސްތަގުބަލާމެދު މިހާރު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.




