އެމެރިކާއާއި އީރާނުން ހަނގުރާމަ ދާއިމީކޮށް ނިންމުމަށް އަލުން މަޝްވަރާތަކަށް ތައްޔާރުވަނީ

އެމެރިކާއާއި އީރާނާ ދެމެދު ހުރްމުޒް ކަނޑުއޮޅިއާއި އެ ސަރަހައްދުގައި ދެމުންދިޔަ ހަމަލާތައް ހުއްޓާލައި، މަޝްވަރާތައް އަލުން ފެށުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ.

’އެކްސިއޯސް' އިން ރިޕޯޓުކުރާ ގޮތުގައި، މި މަޝްވަރާތަކާ ގުޅޭގޮތުން ފަންނީ ބައްދަލުވުމެއް ގަތަރުގެ ދޯހާގައި އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކުރިން މި ބައްދަލުވުން ސްވިޒަލޭންޑުގައި ބޭއްވުމަށް ރޭވިފައި އޮތް ނަމަވެސް، އީރާނުން އެމެރިކާގެ އުދުވާނާ ހެދި އބައްދަލުވުަން ކެންސަލް ކުރީއެވެ.

މި މަޝްވަރާތަކުގެ މައިގަނޑު މަގުސަދަކީ ހުރްމުޒް ކަނޑުއޮޅީގެ މައްސަލާގައި އެމެރިކާއާއި އީރާނުން އެއް ވިސްނުމަކަށް އައުމެވެ. މި ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން އީރާނުން ފީއެއް ނަގަން އުޅޭ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރައްވައެވެ.، އީރާނުން އެފަދަ ކަމެއް ފރަހުމުނާމާގެ 60 ދުވަހުގެ ތެރޭގައި ކުރަން ނޫޅޭކަމަށް ބުނެއެވެ.

އީރާނުން އެއްބަސްވުމާ އެއްގޮތަށް އަމަލުނު ކުރާކަމަށް ބުނެ ތްރަމްޕް ދަނީ ބާރު ދައްކަމުންނެވެ. އަދި ޓްރަމްޕްގެ ބިރު ދެއްކުމަށް އީރާނުްނ ދަނީ ހިތްވަރާއެކު ބަދަލު ހިފަމުންނެވެ. ނަމަވެސް ސައޫދިއާއި ޤަތަރާއި ޕާކިސްތާނުގެ މަސައްކަތުްނ އެމެރިކާ މައިތިރިވެ އަލުން މަޝްވަރާއަށް އައުމަށް މަޖުބޫރުވިއެވެ.

ހިއްސާ ކުރައްވާ!