އިސްރާއީލަށް އަމާޒުކޮށް އީރާނުން ދޭ ސައިބަރ ހަމަލާތައް އިތުރުވެއްޖެ

ޔަހޫދީ ރެޖީމްގެ ނޭޝަނަލް ސައިބަރ ސެކިއުރިޓީ ޑިރެކްޓަރޭޓްގެ ޑިރެކްޓަރު ޖެނެރަލް ޔޮއްސީ ކަރާޑީ ބުނާ ގޮތުގައި، 28 ފެބްރުއަރީ 2026 ގައި އީރާނަށް ޔަހުދީ ރެޖީމުން ދިން އުދުވާނީ ހަމަލަތަކާ ގުޅިގެން، އިސްރާއީލަށް އަމާޒުކޮށް އީރާނުން ދޭ ސައިބަރ ހަމަލާތައް ވަނީ ނުރައްކާތެރި މިންވަރަކަށް އިތުރުވެފައެވެ.

ޖަރުމަނުގެ "ޑައި ވެލްޓް" ނޫހަށް ދިން އިންޓަވިއުއެއްގައި ކަރާޑީ ބުނީ:

  • ޖޫން 2025ގައި އިސްރާއީލުން އީރާނާ ދެކޮޅަށް ދިން އުދުވާނީ  އޮޕަރޭޝަންތަކުގެ 12 ދުވަހުގެ ހަނގުރާމައަށް ފަހު ޔަހޫދީ ރެޖީމަށް އަމާޒުވި ސައިބަރ ހަމަލާތަކުގެ އަދަދަކީ 1،600 އެވެ.
  • ޖޫން 2026ގެ އެ މުއްދަތުގައި މި އަދަދު ވަނީ 4،800 އަށް އުފުލިފައެވެ. މިއީ ތިން ގުނަ އިތުރުވުމެކެވެ.

ކަރާޑީ ފާހަގަކުރި ގޮތުގައި، އީރާނުގެ ހެކަރުންގެ ގްރޫޕްތަކަކީ ވަރަށް އާދަޔާ ޚިލާފަށް ހުނަރުވެރި ބައެކެވެ. "ސައިބަރ ދުނިޔޭގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ނޯންނާނެ،" ކަރާޑީ ބުންޏެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ:

  • އިސްރާއީލުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް
  • ސަރުކާރުގެ މައިގަނޑު މުއައްސަސާތަކަށް.
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަކިން ޚާއްސަކޮށް ގާނޫނީ މުޝީރުންގެ އޮފީސްތަކާއި އެކައުންޓިން ކުންފުނިތަކަށް.

މިހާތަނަށް އިސްރާއީލުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ދިން ހަމަލާތައް ކާމިޔާބުކަމާއެކު ދިފާއުކުރެވިފައިވާ ކަމަށް ބުނެއެވެ. ނަމަވެސް އީރާނުން ވަނީ ހަމަލަތަކުގައި ކާމިޔާބު ހޯދާފައެވެ. އަދި ބައެއް ކުދި ކުންފުނިތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތައް ފުހެލުން ފަދަ ގެއްލުންތައް އީރާނުން ދީފައި ވެއެވެ.

އީރާނުން އަބަދުވެސް ދަނީ އެހެން ގައުމުތަކަށް ސައިބަރ ހަމަލާ ދޭ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރަމުންނެވެ. ނަމަވެސް، އީރާންގެ ހަންޔަލާ ގްރޫޕަކީ މެދުއިރުމަތީގެ އެންމެ ހުނަރުވެރި ގްރޫޮޕެވެ. 

ހިއްސާ ކުރައްވާ!