ޣައްޒާގެ ދޭރުލް ބަލަހަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭގައި އޮންނަ ދޭރުލް ބަލަހް ސިޓީއަށް އިސްރާއީލް ޖެނޮސއިޑް ސިފައިން ދިން ވައިގެ ހަމަލާއެއްގައި ކުޑަކުއްޖަކާއެކު ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްލައިފިއެވެ. މި ހަމަލާ އިސްރާއީލުން ދީފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ރަސްމީކޮށް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ހަމަލާ ދީފައިވަނީ ހެނދުނު އެވެ. އިސްރާއީލުގެ އަސްކަރީ މަސްއޫލުވެރިއަކުވެސް ވަނީ އެ ސަރަހައްދަށް ވައިގެ ހަމަލާއެއް ދިންކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

އެ މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާގޮތުގައި، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެކަނިވެސް އިސްރާއީލުން ވަނީ ފަލަސްތީނު ގެ 12 މީހުން ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 8 ފިރިހެނުންނާއި 4 ކުޑަކުދިން ހިމެނެއެވެ. އެމެރިކާ މެދުވެރިވެގެން ހަމާސް ޖަމާއަތާއެކު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރި ނަމަވެސް، އިސްރާއީލުން ދަނީ ޔަހޫދީ އުސޫލުން އެއްބަސްވުމާ ޚީލާފްވެ ތަކުރާރުކޮށް ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާދެމުންނެވެ.

ހަމަލާބަދަލުކުރުން ހުއްޓާލި ފަހުން ވޭތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި އެކަނިވެސް އިސްރާއީލުން ވަނީ ފަލަސްތީނުގެ އެއްހާސް ސާޅީސް ފަސް މީހުން ޝަހީދުކޮށްލާފައެވެ. އަދި މި މުއްދަތުގައި އިސްރާއީލުގެ ސިފައިންގެ ހަތަރު ޔަހޫދީން  މަރުވެފައިވެއެވެ.

ހިއްސާ ކުރައްވާ!