އިޒްރޭލުގެ ސިޔާސީ މަސްރަހު: ނަތަންޔާހޫއާ އެންމެ ގާތުން ވާދަކުރަނީ އައިޒެންކޮޓް

އިޒްރޭލުގައި ހެދި އާ އާންމު ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، މިހާރުގެ ބޮޑުވަޒީރު ޖެނޮސައިޑް މޭސްތިރި ބެންޖަމިން ނަތަންޔާހޫގެ ލީކޫޑް ޕާޓީއަށް 24 ގޮނޑި ކުރި ލިބުނު ނަމަވެސް، އޭނާއާ އެންމެ ގާތުން ވާދަކުރާ ފަރާތެއްގެ ގޮތުގައި ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓް ވަނީ ފާހަގަކުރެވިފައެވެ. އައިޒެންކޮޓްގެ "ޔަޝާރު" ޕާޓީއަށް 22 ގޮނޑި ލިބޭނެ ކަމަށް އަންދާޒާކުރެވޭއިރު، ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓްގެ "މައެކް" ކޯލިޝަނަށް ލިބޭނީ 17 ގޮނޑިއެވެ.

ބޮޑުވަޒީރުކަމުގެ މަގާމަށް އެންމެ އެކަށީގެންވާ ފަރާތަކީ ކޮބައިތޯ ބެލުމަށް ނެގި ވޯޓުގައި، ނަތަންޔާހޫއާ އައިޒެންކޮޓްގެ ވާދަވެރިކަން ވަރަށް ހޫނުކަމަށް ދައްކައެވެ (37% އާއި 36%) ގައި ކަމަށް ދައްކައެވެ. މިއާ ހިލާފަށް ބެނެޓާ ވާދަކުރާއިރު ނަތަންޔާހޫ ބޮޑުތަނުން ކުރި ހޯދައެވެ. ކޮންމެއަކަސް، މިހާރުގެ ސިޔާސީ މަސްރަހުން އެނގޭ ގޮތުގައި އިޒްރޭލުގެ ވެރިކަން ކޯލިޝަނަކުން ވިޔަސް ހޯދުމަށް ބޭނުންވާ 61 ގޮނޑީގެ އަދަދު އެއްވެސް ފަރާތަކަށް ހަމަވާނެ ކަމުގެ ނިޝާނެއް އަދި ނުފެނެއެވެ.

އިންސްޓިޓިއުޓް ފޯ ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި:

  • ހަނގުރާމައިގެ ނަތީޖާ: އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިން އިޒްރޭލު މޮޅުވި ކަމަށް ގަބޫލުކުރަނީ އެންމެ 15% މީހުންނެވެ. 37% މީހުން ދެކޭ ގޮތުގައި އީރާން މޮޅުވީއެވެ.

  • އެމެރިކާގެ ދައުރު: އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޒްރޭލުގެ ސަލާމަތީ މަސްލަހަތުތަކަށް ވަފާތެރިކަމަށް ގަބޫލުކުރަނީ 12% މީހުންނެވެ. އަދި އެމެރިކާ އާއި އީރާނާ ދެމެދު އެކުލަވާލި އެއްބަސްވުމަކީ އިޒްރޭލަށް ގެއްލުންހުރި ކަމެއް ކަމަށް 66% މީހުން ދެކެއެވެ.

  • އުތުރުގެ ހާލަތު: ލުބުނާނުގެ ބޯޑަރު ސަރަހައްދުގައި އެއްވެސް ހިތްހަމަޖެހުމެއް ނެތް ކަމަށް 81% މީހުން ފާހަގަކުރެއެވެ. އަދި 59% މީހުން ލުބުނާނަށް އަސްކަރީ ހަމަލާއެއް ދިނުމަށް ތާއީދުކުރެއެވެ.

މި ހިސާބުތަކުން ދައްކައިދެނީ އިޒްރޭލުގެ ރައްޔިތުންގެ މެދުގައި ސަރުކާރާއި، ހަނގުރާމައިގެ ނަތީޖާތަކާއި، ބައިނަލްއަގުވާމީ ގުޅުންތަކާމެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާކަމެވެ.

ހިއްސާ ކުރައްވާ!