އުމުރުން 63 އަހަރުގައި ފުރަތަމަ ދަރިފުޅު ވިހައިފި

އަޒަރުބައިޖާންގެ އުމުރުން 63 އަހަރުގެ އަންހެނަކު، 38 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ފުރަތަމަ ފަހަރަށް މަންމައަކަށް ވެއްޖެއެވެ.

މި އުފާވެރި ޚަބަރު އާންމުކޮށްފައިވަނީ އެކަމުގައި ހަރަކާތްތެރިވި ޑޮކްޓަރު، ނާތިގް މުހައްރަމޯފް ސޯޝަލް މީޑިއާގައެވެ. ޑޮކްޓަރު މައުލޫމާތު ދޭ ގޮތުގައި، މި ދަރިފުޅު ލިބިފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ހެދި ޚާއްސަ ފަރުވާއަކަށްފަހުއެވެ.

ޑޮކްޓަރު މުހައްރަމޯފް ލިޔުއްވާފައިވެއެވެ:

"އަޅުގަނޑުމެން ފަރުވާގެ ކަންކަން ފުރިހަމަކޮށް، 38 އަހަރުގެ ދިގު އިންތިޒާރަކަށްފަހު، މިހާރު އުމުރުން 63 އަހަރުގެ އަޅުގަނޑުމެންގެ ބަލިމީހާއަށް އޭނާގެ ދަރިފުޅު ލިބިއްޖެއެވެ. މި އުފާވެރި ކާމިޔާބީގައި ބައިވެރިވެވުނުކަމީ އަޅުގަނޑުމެންނަށް ލިބުނު ބޮޑު އުފަލެކެވެ. ﷲ އަށް ހަމްދުހުރި!"

ހިއްސާ ކުރައްވާ!