އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، އެމެރިކާއިން ލިބޭ މާލީ އެހީތެރިކަން އިތުރަށް ބޭނުމެއް ނޫން ކަމަށެވެ. އިޒްރޭލުގެ އިގްތިސާދު މިހާރު ވަރުގަދަވެފައިވާތީ، ކޮންމެހެން އެމެރިކާގެ އެހީއަށް ބަރޯސާވާން ނުޖެހޭ ކަމަށާއި، މި އަހަރުން ފެށިގެން އެމެރިކާއިން އެހީ ދިނަސް ބޭނުން ނުކުރާބނެ ކަމަށެވެ.
ނަތަންޔާހޫގެ ވާހަކައިގެ މައިގަނޑު ބައިތައް:
-
އެމެރިކާގެ އެހީ: އެމެރިކާގެ އެހީ އަކީ ސަލާންޖަހާ މީހުންނަށް ދިއްކޮށްލާ ފަދަ އެއްޗެއް ކަމަށާއި، އެއީ ޔަހޫދީން ބޭނުންވާ އެއްޗެއް ނޫން ކަމަށް ނަތަންޔާހޫ ބުންޏެވެ. އިޒްރޭލުގެ ޖީޑީޕީގެ ވަރަށް ކުޑަ އިންސައްތައެއް ހިއްސާކުރާ އެމެރިކާ އެހީއަކީ މިހާރު އެ ޤައުމަށް މުހިންމު އެއްޗެއް ނޫން ކަމަށެވެ.
-
ފަލަސްތީނުގެ ދައުލަތް: ހިފާފައިޥާ މުޅި ފަލަސްޠީނަކީ ޔަހޫދީންގެ ބިމެއް ކަމަށާއި، ފަލަސްތީނުގެ ނަމުގައި ދައުލަތެއް އެއްވެސް ހާލެއްގައި އެއްވެސް ތާކު ގާއިމް ވިޔަ ނުދޭ ކަމަށެވެ.
-
އަސްކަރީ ސިޔާސަތު: އިޒްރޭލުން ދިފާއީ ކަންކަމުގައި ފިޔަވަޅު އަޅާނީ ވަރަށް ހަރުކަށިކޮށް ކަމަށާއި، ހިމޭނުން މަޑުން ނުތިބޭނެ ކަމަށާއި މެދުއިރުމަތީގެ ކޮންމެ ގައުމަކަށްވެސް ބޭނުން ކޮށްމެ އިރަކު ހަމަލަ ދޭން ތައްޔާރަށް އޮތް ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން ދެ ފަހަރަކު ވަދެ ހަމަލަ ދީފައިވާނެ ކަމަށާއި، ބޭނުންވެއްޖެ ހާލަތެއްގައި ތިންވަނަ ފަހަރަށް ވެސް ހަމަލާދޭނެ ކަމަށެވެ.
-
ލުބުނާނު: ލުބުނާނުގެ ދެކުނުގެ 10 ކިލޯމީޓަރުގެ ސަރަހައްދެއްގައި އިޒްރޭލު ސިފައިން މިހާރު ވެސް ގާއިމުވެ ތިބި ކަމަށާއި، ހިޒްބުﷲ ބިރުވެރިކަން ނެތިދާންދެން އެ ސަރަހައްދު ދޫކޮށް ނުދާނެ ކަމަށް ނަތަންޔާހޫ ބުންޏެވެ.
ޣައްޒާގައި އަލުން ޔަހޫދީ އާބާދީތައް އާރާސްތުކުރުމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެމުން، އެކަމާ ގުޅޭގޮތުން މިވަގުތު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި ނަމަވެސް އެއީ ޔަހޫދީންގެ ތަނެއް ކަމަށް ބުންޏެވެ.
ޖެނޮސައިޑް މޭސްތިރި ޔަހޫދީ ކަލޭގެ އުޅެނީ އިންތިޚާބުޔގެ ކެމްޕޭނުގައި ކަމުން ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ އެވެ. އަދި އޭނާ ކޮންމެ ފަދަ ކަމެއްވެސ ްކޮށްފާނެ އެވެ.







