ޣައްޒާއިން އުންރުވާ ފައްސާލައި ކޮންސެންޓްރޭޝަން ކޭމްޕްތައް ހަދަނީ

އަރަބިންނާއި މުސްލިމު ގައުމުތަކުން ޓްރަމްޕަށް ޚުޝަމަދުކޮށް އުފެއްދުިު ސުލްހައިގައި އޭނާ އެކުލަވާލި ޣައްޒާގެ ޕީސް ކައުންސިލުން ބުނަނީ އިރާގުގައި ހަނގުރމައިގެ ޖަރީމ ާހިންގި ޓޯނީ ބްލެޔަރގެ ލީޑާޝިޕްގައި "އާ ޣައްޒާ" ގައި ވެރިކަން ކުރާއިއރު އުންރުވާއަކަށް ޖާގައެއް ނޯންނާނެ ކަމަށެވެ. އުންރުވާ އަކީ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީ އެވެ. މި އެޖެންސީ ފައްސާލުމުން ފަލަސްޠީނުގެ ހައްގަށް އުނިކަން އައިސް އެމީހުންގެ ރެފިއުޖީ ހައިސިއްޔަތު ގެއްލޭނެ އެވެ. ފަލަސްޠީނު ގިނަ މީހުންނަނަކީ ޖެނޮސައިޑްގައި ޔަހޫދީން ފަލަސްޠީނުގެ އަސްޤަލާނާއި ޔާފާއާއި ހައިފާއާއި ބިއުރުއްސަބްޢަ އިން ބޭރުކޮށްފައިވާ މީހުންނެވެ.

މުސްލިމުން ރުހުން ދީފައިވާ ފަލަސްޠީނުގެ ހައްގު ގެއްލުވާލާ ކައުންސިލުން 'އެކްސް' ޕްލެޓްފޯމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ކައުންސިލުން މަސައްކަތްކުރަމުން ދަނީ "އެހީތެރިކަމަށް ބަރޯސާވެފައި އޮންނަ އޮތުން" ނިމުމަކަށް ގެނައުމަށް ކަމަށާއި، "ޣައްޒާގެ ރައްޔިތުންނަކީ މިއަށްވުރެ މާ ރަނގަޅު ދިރިއުޅުމެއް ހައްގު ބައެއް" ކަމަށެވެ.

އެހެން ބުނާިއރު ބިން ހިފައި ކޮންމެ ދުވަހަކުވެސް ޖެނޮސައިޑު ބާރުން ދަނީ މީހުން ޒަބަހަ ކުރަމުންނެވެ!

މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދެވި މި ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ، އދ. އަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ޒަޔަނިސްޓް މަންދޫބު ޖެފް ބާޓޫސް އަންގާރަ ދުވަހު ދެއްވި ތަގުރީރުގެ ބައެއް ހިމަނާފައެވެ.

އުންރުވާ އުފެދުނީ 1949 ވަނަ އަހަރު، ފަލަސްތީނުގެ ޖެނޮސައިޑް ހިންގި "ނަކްބާ" އަށް ފަހު ހާލުގައި ޖެހުނު ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށެވެ. މިއީ ވަގުތީ އެޖެންސީއެއްގެ ގޮތުގައި އުފެއްދި ތަނެއް ނަމަވެސް، ފަލަސްތީނުގެ މައްސަލައަށް ހައްލެއް ނުލިބުމުގެ ސަބަބުން މި އެޖެންސީގެ ދައުރު އދ. އިން ދަނީ ތަކުރާރުކޮށް އާ ކުރަމުންނެވެ. އުންރުވާ އިން ޣައްޒާ، ހުޅަނގު އައްސޭރި، ލުބުނާން، އުރުދުން، އަދި ސޫރިޔާގައި ފަލަސްތީނުގެ މިލިއަނުން މީހުންނަށް ތައުލީމާއި، ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތައް ފޯރުކޮށްދެމުން ދެއެވެ.

އދ.ގެ މެމްބަރު ގައުމުތަކާ މުހާތަބު ކުރައްވައި ޒަޔަނިސްޓު ބާޓޫސް ވިދާޅުވީ، ޣައްޒާ ހިންގުމަށް ޕީސް ކައުންސިލާއި ނޭޝަނަލް ކޮމިޓީ އުފެއްދުމަށް ސަލާމަތީ މަޖިލީހުން "ބޮޑު އަޣުލަބިއްޔަތަކުން" ތާއީދުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ، "ތިޔަބޭފުޅުންގެ ކުރިމަތީގައި މިއަދު އޮތީ ދެ ގޮތް: ހަމަނުޖެހުމާއި ޓެރަރިޒަމަށް ފައިސާ ދިނުން، ނުވަތަ ޕީސް ކައުންސިލަށް ފައިސާ ދިނުން" ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ޕީސް ކައުންސިލަށް ފައިސާ ދިނުމަކީ ޣައްޒާގެ ރައްޔިތުންނަށް ހަގީގީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖެހުމާއި ތަރައްގީ ލިބޭނެ މަގެއް ކަމަށެވެ.

އިސްރާއީލުގެ މީޑިއާ އަންގާރަ ދުވަހު ރިޕޯޓްކުރި ގޮތުގައި، ޣައްޒާގައި އިންސާނީ ހިމާޔަތުގެ މަރުކަޒުތަކެއް ހިންގުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ޕީސް ކައުންސިލުން ކުރިއަށް އޮތް ހަފުތާތަކުގައި ފަށާނެއެވެ.

"އިސްރާއީލް ހަޔޫމް" ނޫހުން ބުނާ ގޮތުގައި، ރަފަހް ކައިރީގައި އޮންނަ ތައްލުއްސުލްތާން ސަރަހައްދަކީ އާންމުން ފޮނުވާނެ ފުރަތަމަ މަންޒިލެވެ. މިއީ ޔަހޫދީން ދެވަނަ ބޮޑު ހަނގުރާމައިގައި ހިޓްލަރު ބޭތިއްބި ފަދަ ކޮންސެންތްރޭޝަން ކޭމްޕް ތަކެވެ. ނަމަވެސް މިއީ "ހަތިޔާރު ނުގެންގުޅޭ އަދި ހަމާސްއާ އެއްވެސް ގުޅުމެއް ނެތް" މީހުންނަށް ހާއްސަ ކުރާނެ ކޭމްޕްތައް ކަމަށް އެ ނޫހުން ބުންޏެވެ. އަދި މި މަރުކަޒުތަކަށް ބޭސްފަރުވާއާއި ކާބޯތަކެތި ފޯރުކޮށްދޭނީ ޣައްޒާގެ މައްޗަށް ހަމާސްގެ ކޮންޓްރޯލް ބަލި ކުރުމުގެ ބޭނުމުގައި ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެން އުންރުވާއާ ދެކޮޅަށް އިސްރާއީލުން ދަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުންނެވެ. އަދި އެ އެޖެންސީގެ ބައެއް މުވައްޒަފުންނާ ދެކޮޅަށް އިސްރާއީލުން ކުރާ ތުހުމަތުތައް އުންރުވާއިން ވަނީ ދޮގުކޮށްފައެވެ. އަދި އދ. އިން ވަނީ އެ ޖަމިއްޔާގެ ވަކި ފަރާތަކަށް ނުޖެހުމުގެ އުސޫލު ދަމަހައްޓާނެކަން ކަށަވަރުކޮށްދީފައެވެ.

ހިއްސާ ކުރައްވާ!