ހޫނު މޫސުމަކީ ގިނަ ބަޔަކު ދަތުރުދިއުމާއި، ބާބަކިއު ހެދުމާއި، ތާޒާ މޭވާއާއި ތަރުކާރީ ކެއުމަށް ލޯބިކުރާ ދުވަސްވަރެކެވެ. ނަމަވެސް، މި މޫސުމަކީ އެމެރިކާގައި ބޭރަށްހިންގުމުގެ އުނދަގޫ ބައްޔެއް ޖައްސާ ކުޑަކުޑަ ޕެރަސައިޓެއް ކަމަށްވާ "ސައިކްލޮސްޕޯރާ ކަޔަޓަނެންސިސް" ވެސް އެންމެ ބޮޑަށް ފެތުރޭ ދުވަސްވަރެވެ. އެމެރިކާގެ ސެންޓަރޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑ ޕްރިވެންޝަން (ސީޑީސީ) އިން މިހާރު ދަނީ އެ ގައުމުގެ 17 ސްޓޭޓަކުން ފެނިފައިވާ ބޭރަށް ހިނގުމުގެ ބަލީގެ 145 ކޭސް އެއް މޮނިޓަރ ކުރަމުންނެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި މިއީ ހަމައެކަނި ފެންނަން އޮތް މިންވަރު ކަމަށާއި، އަސްލު ބަލިޖެހިފައިވާ މީހުންގެ އަދަދު މިއަށްވުރެ މާ ގިނަވުން އެކަށީގެންވެ އެވެ.
ގިނަ ބަޔަކަށް ހީވެފައި އޮންނަނީ މިއީ އެކަކު އަނެކެއްގެ ގަޔަށް އަރާ ވައިރަހެއް ކަމަށެވެ. ނަމަވެސް ބަލިޖެހިފައިވާ މީހެއްގެ ކައިރީގައި އުޅުމަކުން މި ބައްޔެއް ނުފެތުރެއެވެ. މި ބަލި ޖެހެނީ ޕެރަސައިޓް ހަރުލާފައި ހުންނަ ތަރުކާރީ ނުވަތަ މޭވާ ނުދޮވެ ރޯލްކޮށް ކެއުމުންނެވެ. ޚާއްސަކޮށް ކޮތަނބިރިފަތް، ބެސިލް މޭވާ އަދި ތޮޅި ފަދަ ތަކެތިން މި ބަލި ފެނިފައިވެ އެވެ. މި ޕެރަސައިޓް އެމެރިކާގައި ގަސް ހަދާ ފަސްގަނޑަށް ނުވަތަ ފެނަށް ދަނީ އިންސާނުންގެ ބޮޑުކަމުދާ ތަކެތީގެ ނަޖިހުން ނެވެ. މިއީ އެގައުމުގައި ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ބުނެއެވެ.
މި ޕެރަސައިޓް އެކުލެވޭ ކާނާއެއް ކެވޭތާ ގާތްގަނޑަކަށް ހަފުތާއެއްގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށާނެ އެވެ. އޭގެ ތެރޭގައި ގިނަ ދުވަހަށް ދެމިގެންދާ ފެން ބޭރަށްހިންގުމާއި، ބަނޑުގައި ރިއްސުމާއި، ވައި ބޭރުވުމާއި، މޭނުބައިކުރުމުގެ އިތުރުން ވަރަށް ބޮޑަށް ވަރުބަލިވުން ހިމެނެ އެވެ.
އާދައިގެ ބަނޑުދިޔާވުމުގެ ރޯގާތައް 24 ގަޑިއިރު ތެރޭގައި ރަނގަޅުވި ނަމަވެސް، އެމެރިކަގެ ސައިކްލޮސްޕޯރާގެ ސަބަބުން ޖެހޭ ބޭރަށްހިންގުން އެކަށީގެންވާ ބޭސްފަރުވާ ނުކޮށްފިނަމަ މަހަކަށްވުރެ ގިނަ ދުވަހަށް ދެމިގެން ހިނގައިދެއެވެ.
މާޔޯ ކްލިނިކްގެ މައިކްރޯބަޔޮލޮޖީގެ އިސްވެރިޔާ ޑރ. ބޮބީ ޕްރިޓް ވިދާޅުވި ގޮތުގައި، އާދައިގެ ބޮޑުކަމުދާ ތަކެތީގެ ޓެސްޓަކުން މި ޕެރަސައިޓް އެއް ނުފެންނާނެ އެވެ. މިއަށް ބޭނުންވަނީ ޚާއްސަ ކުލަޖައްސައިގެން ހަދާ ޓެސްޓެކެވެ. ގިނަ ފަހަރަށް މީހުން ޓެސްޓް ނުހަދާ ފަރުވާލަސްކޮށްލުމުން، އަސްލު ބަލިޖެހޭ މީހުންގެ އަދަދު ރިޕޯޓްތަކުން ނުފެންނަނީ އެހެންވެގެންނެވެ.
މީގެ އިިތުރުން ނަޖިސް ފޮހުމާއި ސާފުތާހިރުވުން ކުޑަ ވުމަކީ މިބަލި އޭގެ މޫސުމުގައި އާލާވުމަށް ބާރަކަށް ވެއެވެ. އެގޮތުން ނަޖިސ ްއުނގުޅިފައި ހުންނަ ހެނދުންތައް އެއްކޮށް ދޮވުމަކީވެސް މި ކަމަށް ފަހިވާ ކަމެއް ކަމަށް ވެެއެވެ.
ސިއްހީ މާހިރުން ދަނީ ސައިބޯނިލައިގެން ރަނގަޅަށް އަތްދޮންނަން މީހުން ހޭލުންތެރި ކުރަމުންނެވެ.







