ސައުދީ އަރަބިއްޔާގެ ލީޑަޝިޕްގެ ދަށުން މެދުއިރުމަތީގައި އާ ސިޔާސީ އަދި ސަލާމަތީ އިއްތިހާދެއް އުފެދިއްޖެއެވެ. މި އިއްތިހާދުގައި ސައުދީ އަރަބިއްޔާ އާއި މިސްރާއި ގަތަރުގެ އިތުރުން، އެ ސަރަހައްދުން ބޭރުގެ މުހިންމު ބާރުތައް ކަމަށްވާ ޕާކިސްތާން، އަދި ތުރުކީ ހިމެނެއެވެ.
އެމެރިކާގެ މަޝްހޫރު ފޮރިން ޕޮލިސީ މަޖައްލާގައި ބުނެފައިވާ ގޮތުގައި، މެދުއިރުމަތީގައި އީރާނާ ދެކޮޅަށް ކުރި ސޮލީބީ ހަނގުރާމަތަކުގެ ސަބަބުން ގަލްފްގެ ގައުމުތަކުގެ އިގްތިސާދާއި އެކްސްޕޯޓަށާއި ސަލާމަތީ ނިޒާމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހާލަތުން އަރައިގަތުމަށްޓަކައި، މިހާރު އޮތް ގަލްފްގެ އެއްބާރުލުން ދޭ ކައުންސިލް (ޖީސީސީ) ގެ ދާއިރާއިން ބޭރުގައި، މި އާ ގުޅުން ވަނީ އުފައްދާފައެވެ.
އިސްރާއީލުގެ މީޑިއާ މި އިއްތިހާދު ސިފަކުރަނީ ފުޅާވަމުންދާ ސުންނީ މުސްލިމުންގެ "އިސްލާމިކް ނޭޓޯ" އެއްގެ ގޮތުގައެވެ. މިއީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށް އެކުލަވާލި އާ ބާރެއް ކަމަށް ބެލެވެއެވެ.
ނަމަވެސް، މި އާ ސިޔާސީ ޗާޓުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު ކަމަކީ، ސައުދީ އަރަބިއްޔާގެ މި އިއްތިހާދުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ފެންނަން ނެތުމެވެ. މިއީ އިޒްރޭލާ ގާތް ގުޅުމެއް ބާއްވާ އަޚު ގައުމެކެވެ!
ސަރަހައްދީ ގުޅުންތަކުގެ މި އާ ސަފުތައް އަތުރާލުމުގައި، ޔޫއޭއީ އެކަހެރިވެފައިވާކަން ވަރަށް ސާފުކޮށް ފެނެއެވެ.






