އެމެރިކާ 22: 1492 މުސްލިމުންނަށް ލިބުނު ހިތާމައާއި ކޮލަމްބަސް

ހުޅަނގުގެ ވިސްނުމުގައި 1492 ވަނަ އަހަރަކީ ވަރަށް ޚާއްޞަ ފާހަގައެކެވެ. އެއީ ކްރިސްޓޮފަރ ކޮލަމްބަސްއަށް ކެރީބިއަން ކަނޑު ހޯދުމާއެކު، ޤަދީމީ ދުނިޔެއާއި އާ ދުނިޔެ ބައްދަލުވި ވަގުތެވެ. ނަމަވެސް، އިސްލާމީ ތާރީޚުގައި 1492 ވަނަ އަހަރަކީ މުޅިން ތަފާތު، އަދި ހިތާމަވެރި ހާދިސާއެއް ހިނގި އަހަރެކެވެ. އެއީ ސްޕެއިންގައި އޮތް އަލްއަންދަލުސްގެ އެންމެ ފަހުގެ މުސްލިމް ރަސްކަން، ގްރެނާޑ މުސްލިމުންނަށް ބީވި އަހަރެވެ.

ގާތްގަނޑަކަށް 800 އަހަރު ވަންދެން މުސްލިމުން އައިބީރިއަން ޕެނިންސިއުލާގެ ބައެއް ސަރަޙައްދުތަކުގައި ވެރިކަން ކުރިއެވެ. އެ މުއްދަތުގެ ތެރޭގައި ސައިންސާއި، ފަލްސަފާއާއި، އާކިޓެކްޗަރ އަދި ކަނޑުދަތުރުފަތުރުގެ ދާއިރާއިން ރަން ޒަމާނެއް ދުނިޔެއަށް ދެއްކިއެވެ. ޖެނުއަރީ 1492 ގައި ކެތަލިކް ސޮލީބީ ރަސްގެފާނު ފާޑިނަންޑް އާއި ރާނީ އިޒަބެލާ، ގްރެނާޑާގެ ރަތް ކިއްލާ ފަތަހަކުރެއްވިއިރު، އެ ބޭފުޅުން ހޯއްދެވީ ހަމައެކަނި ހަނގުރާމައެއްގެ ނަސްރެއް ނޫނެވެ. އެ ބޭފުޅުން ހޯއްދެވީ އެ ވެއްޓުނު އިސްލާމީ ދައުލަތުން ފޭރިގަތް ބޮޑު މުއްސަނދިކަމެވެ. އެ މުއްސަނދިކަން ބޭނުންކޮށްގެން، އޭގެ މަދު މަސްތަކެއް ފަހުން، އެޓްލާންޓިކް ކަނޑު ހުރަސްކޮށް ކޮލަމްބަސް ކުރި ދަތުރަށް ސްޕެއިންގެ ރަސްކަމުން ފައިސާ ހަރަދުކުރިއެވެ.

އިސްލާމީ ގްރެނާޑާގެ ރަސްކަން ވެއްޓުނީ ޖެނުއަރީ 1492 ގައެވެ. ކޮލަމްބަސްގެ ދަތުރަށް ސްޕެއިންގެ ސަރުކާރުން ފައިސާ ދިނީ އޮގަސްޓް 1492ގައެވެ.

ނަމަވެސް، އިސްލާމީ ޙަޟާރާއެއް ވެއްޓުނު އަހަރާއި އައު ދުނިޔެ ހޯދައިގަތް 1492 އޮތް ގުޅުމަކީ ހަމައެކަނި މާލީ ގުޅުމެއް ނޫނެވެ. އެއީ ވަރަށް ފުން ޖިސްމާނީ ގުޅުމެކެވެ.

އިޒަބެއްލާއާއި ފަރޑިނަންޑްގެ ވެރިކަމުގައި ނަން ބަދަލުކޮށްގެން ބޭރުފުށުން ނަސާރާއިން ކަމަށް ހެދިގެންވެސް ގިނަ މުސްލިމުން ދިރިއުޅުނެވެ. އެތައް ހާސް މުސްލިމުން އެގޮތަށް އުޅެމުން ދިޔައެވެ. އެމީހުން ފަހުން މަޝްހޫރުވީ "މޮރިސްކޯސް" ގެ ނަމުންނެވެ. މި ސިއްރު މުސްލިމުން، އެމީހުންގެ ދީނާއި، ސަގާފަތާއި، ކަނޑުދަތުރުފަތުރުގެ ޤަދީމީ އާދަކާދަތައް ސިއްރިޔާތުގައި ހިފެހެއްޓިއެވެ.

ކަނޑު ދަތުރުކުރުމުގައި އެމީހުންގެ ހުރި މަތީ ފެންވަރުގެ ތަޖުރިބާގެ ސަބަބުން، މި ސިއްރު މުސްލިމުންގެ ބަޔަކު ކޮލަމްބަސްގެ އުޅަނދުތަކުގައި ދަތުރުގައި ބައިވެރިވިއެވެ. އެމީހުން އެ އުޅަނދުތައް މިސްރާބު ކޮށްދިނީ ދުވަހަކުވެސް ނުދާ އާ ކަނޑުތަކުގެ ތެރެއިންނެވެ. އިބްނު މާޖިދުއަކީ ކޮލަމްބަސްގެ ދަތުރުގައި އެންމެ މަޝްހޫރު މުސްލިމު ކައްޕިތާނެވެ!

ނަމަވެސް އެނޫން އެހެން މީހުންވެސް ތިއްބެވެ! މި ޙަޤީޤަތް އެންމެ ބޮޑަށް ހާމަވެގެންދަނީ ކޮލަމްބަސްގެ އޮޑިއަށް އައު ބިން ފެނުނު ވަގުތުގައެވެ.

އޮކްޓޯބަރ 12، 1492 ވަނަ ދުވަހުގެ ރޭ، 'ޕިންޓާ' ނަމަކަށް ކިޔާއޮޑީގެ ދިރުނބާ ކޮޅުގައި އިނީ ސިއްރު މުސްލިމު މޮރިސްކޯސް އެކެވެ! އެއީ، 'ރޮޑްރިގޯ ޑި ޓްރިއާނާ' އެވެ. ކެރީބިއަންގެ ޖަޒީރާތައް ފެނުމުން އެހެން މީހުންނަށް އެކަން އެނގުމަށް ދިރުނބާ ކޮޅުން އެންމެ ފުރަތަމަ "އެއޮތީ ބިން!" އޭ ބުނެ ހަޅޭއް ލަވައި ގަތީ 'ރޮޑްރިގޯ ޑި ޓްރިއާނާ' އެވެ!

އޭނާއަކީ މޮރިސްކޯއެއްކަން ތާރީޚީ ލިޔުންތަކުން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. އެމެރިކާއަށް ކުރިމަތިވި ޔޫރަޕްގެ ހިޖުރައިގެ ފުރަތަމަ އޮއިވަރު މިސްރާބުކޮށްދީ، އަދި އެންމެ ފުރަތަމައަށް އެ ބިން ދުށް ލޮލަކީ މުސްލިމު ސްޕެއިންގެ ލޮލެވެ. އެއީ އެމެރިކާގެ ފެށުމެވެ!

ހިއްސާ ކުރައްވާ!