އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ޢަލީ ޚާމަނާއީގެ ޖަނާޒާގައި އީރާނުގެ ރައްޔިތުން ރޯތަން ފެނުމުން ވަރަށް ބޮޑަށް ހައިރާންވެވަޑައިގެންނެވި ކަމަށެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، އޭނާ ހީކުރެއްވީ އީރާނު މީހުން ޚާމަނާއީ ދެކެ ނަފްރަތު ކުރާ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ އޭނާ މަރުވާ ދުވަހު ރައްޔިތުން އޭނާއަށް ވެސް އެގޮތަށް ރޮއެ އިހުތިރާމް އަދާކުރަން ޖެހޭނެ ކަމަށެވެ.
’އެކްސިއޯސް' ވެބްސައިޓަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް އިތުރަށް ވިދާޅުވީ، އީރާނުން ދީފައިވާ އިންޒާރާ އެއްގޮތަށް ޚާމަނާއީގެ ޖަނާޒާގެ ކަންކަން ނިމެންދެން އެއްވެސް ހަމަލައެއް އެމެރިކާއިން އީރާނަށް ނުދޭނެ ކަމުގެ ޔަގީންކަން ވެސް ދީފައި ވާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އޭނާ ގެންދަވަނީ ޖަނާޒާގެ ކަންކަން ޓީވީން ބައްލަވަމުންނެވެ.
އެޕްސްޓީން މައްސަލާގައި ނަތަންޔާހޫއާ އިޒްރޭލުން ޓްރަމްޕް ބެލެކްމޭލް ކުރާ ކަމަށް މީހުން ތުހުމަތު ކުރާއިރު ޓްރަމްޕް ވިދާޅުވީ ފެށޭ ހަފްތާގައި ޒަޔަނިސްޓް ޖެނޮސައިޑް އިންޖިނޭރު ނަތަންޔާހުއާއެކު ވައިޓްހައުސްގައި ސައްލާ ކުރުމެއް އޮވެދާނެެ ކަމަށެވެ.
ނަތަންޔާހޫއާ އޮތް ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ، ޒަޢީމަކީ ކާކުކަން ނަތަންޔާހޫއަށް ރަނގަޅަށް އެނގޭނެ ކަމަށް ވިދާޅުވެ ޒަޔަނސިްޓް ޖެނޮސައިޑް އިންޖިނޭރަށް މަލާމާތް ކުރައްވާފައެވެ!





