އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުމުގެ މުނާސަބަތުގައި ވޮޝިންޓަންގައި ބާއްވާ ޚާއްސަ ވަޅޯ ޙަފްލާގައި، އެންމެ މީހަކު ހާޒިރުވެ ހުރިނަމަވެސް ތަޤުރީރު ކުރައްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ޔަޤީންކޮށްދެއްވައިފިއެވެ. މިއީ މޫސުން ގޯސްވުމުގެ ސަބަބުން ޙަފްލާތައް ކެންސަލްކޮށް، އެތައް ހާސް ބަޔަކު ވަގުތީ ގޮތުން އެ ސަރަޙައްދުން ބޭރުކުރުމާ ގުޅިގެން ވިދާޅުވި ވާހަކައެކެވެ.
"މި 250 ވަނަ އަހަރު ފާހަގަކުރުން ހުއްޓުވަން ކުޑަ ވާރޭފޮދަކަށް ވެސް އަހަރެން ފުރުސަތެއް ނުދޭނަން،" ޓްރަމްޕް ސޯޝަލް މީޑިއާގައި ފިރުއައުނުގެ ބަސްމަގުން ޓްރަމްޕް ލިއުއްވާފައިވެއެވެ.

وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ لشكر ގެ عدد، އެކަލާނގެ މެނުވީ ދެނެވޮޑިގެން ނުވެތެވެ. 74:31
ވައިޓް ހައުސްގެ އޮފިޝަލުންނާއި ޙަފްލާ އިންތިޒާމުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ރޭގަނޑު 11:00 ޖަހާއިރު "ނޭޝަނަލް މޯލް" ގައި ޓްރަމްޕް ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، އޭގެ ފަހުން ހަވާ އެރުވުމުގެ ޙަރަކާތްތައް އޮންނާނެއެވެ.
ވޮޝިންޓަން ކައިރިއަށް އެރި ވަރުގަދަ ތޫފާނެއްގެ ސަބަބުން، ހޮނިހުރު ދުވަހުގެ ހަވީރު އެ ސަރަޙައްދު ހުސްކުރަން އަމުރުކުރިއެވެ. އަދި އިންތިޒާމުކުރާ ފަރާތްތަކުން ވަނީ އެ ސަރަޙައްދުގައި ތިބި މީހުން، ކައިރީގައި ހުރި ސަރުކާރުގެ އިމާރާތްތަކަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.
އެމެރިކާގެ އިރުމަތީ އައްސޭރިއަށް އައިސްފައިވާ މި ހޫނު މޫސުމާއި ވިއްސާރައިގެ ސަބަބުން، މަސްތަކެއް ވަންދެން ތައްޔާރުކުރަމުން އައި މި ޙަފްލާތަކުގެ ގިނަ ޙަރަކާތްތަކެއް ވަނީ އިލާހީ ހުރަސް އެޅުމާއެކު ބަދަލުކުރަން ނުވަތަ ކެންސަލްކުރަން މަޖުބޫރުވެފައެވެ. ބައެއް ހިސާބުތަކުގައި ކުޅަދުންވަންތަ ކަމުން، ހޫނުމިން 46 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދާނެ ކަމަށް ލަފާކުރެވެއެވެ.





