ދުނިޔޭގައި އެންމެ ގިނަ މީހުން ބައިވެރިވި ޖަނާޒާ ނަމާދު ނިމިއްޖެ

އީރާނުގެ ޝަހީދު ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީއާއި ޝަހީދުގެ އާއިލާގެ ހަތަރު ބޭފުޅެއްގެ ޖަނާޒާގެ ނަމާދު ތެހެރާންގައި ބައްވައިފި އެވެ.

މި ޖަނާޒާގައި އީރާނުގެ ރައީސް މަސްއޫދު ޕެޒޭޝްކިއާން، ސްޕީކަރު ބާގިރު ގާލީބާފް، ޝަހީދު ސުޕްރީމް ލީޑަރުގެ ތިން ދަރިކަލުން ކަމަށްވާ މަސްއޫދު، މައިސަމް، އަދި މުސްތަފާ ޚާމަނާއީއާ އެކު މިލިއަނުން މީހުން ބައިވެރިވި އެވެ. ބައިނަލްއަގްވާމީ މީޑިއާ ބުނާ ގޮތުން މިއީ މިހާތަނަށް ދުނިޔޭގައި ބޭއްވުނު އެންމެ ގިނަ މީހުން ބައިވެރިވި ޖަނާޒާ ނަމާދެވެ.

ތެހެރާންގެ 'މުސައްލާ އިމާމް ޚުމައިނީ’ގައި މި ޖަނާޒާގެ ނަމާދު އިމާމްވެ ކުރެއްވީ އާޔަތުﷲ ޖައުފަރު ސުބްހާނީ އެވެ. މި ނަމާދުގައި އީރާނުގެ އިންގިލާބީ ލަޝްކަރުގެ ވެރިޔާ އަހްމަދު ވަހީދީއާއި، ގުދުސް ފޯސްގެ ކޮމާންޑަރު އިސްމާއިލް ގާނީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ސައްޔިދު އަލީ ޚާމަނާއީގެ ޖަނާޒާގެ ނަމާދުގައި، އެމަނިކުފާނުގެ ތިން ދަރިކަލުން ކަމަށްވާ މުސްތަފާ ޚާމަނާއީ، މައިސަމް ޚާމަނާއީ، އަދި މަސްއޫދު ޚާމަނާއީ ބައިވެރިވެވަޑައިގެންފި އެވެ.

ނަމަވެސް، އީރާނުގެ އާ ސުޕްރީމް ލީޑަރު މުޖްތަބާ ޚާމަނާއީ، ސަލާމަތީ ސަބަބުތަކަށްޓަކައި މި ޖަނާޒާގެ އާންމު މަންޒަރުތަކުން ފެނިވަޑައިގެންފައި ނުވެ އެވެ.

ހިއްސާ ކުރައްވާ!