ޝަހީދުގެ ޖަނާޒާއަށް ތެހެރާން މެޓްރޯއިން 7 މިލިއަނަށްވުރެ ގިނަ މީހުން ދަތުރުކޮށްފި

އީރާނުގެ ޝަހީދު ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާއަށް ތެހެރާންގެ މެޓްރޯ ނެޓްވޯކް ބޭނުންކުރި މީހުންގެ އަދަދު އިތުރުވެއްޖެ އެވެ.

އީރާނުގެ ނޫސް އެޖެންސީ، ތަސްނީމް އިން ރިޕޯޓުކުރާ ގޮތުގައި، ހޮނިހިރު ދުވަހު ހަވީރު 4:30 އިން ފެށިގެން އާދީއްތަ ދުވަހުގެ ހެނދުނު 07:00 އާ ހަމައަށް، 7 މިލިއަނަށްވުރެ ގިނަ ފަސިންޖަރުން މެޓްރޯގައި ދަތުރުކޮށްފައިވެ އެވެ.

ޖަނާޒާގެ އިންތިޒާމުތައް ބަލަހައްޓާ ފަރާތްތަކުން ވަނީ، ރައްޔިތުން ޖަނާޒާގައި ބައިވެރިވުމަށްޓަކައި އެއްގަމު ދަތުރުފަތުރަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މެޓްރޯ ނިޒާމު ބޭނުންކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ހިއްސާ ކުރައްވާ!