އިސްލާމީ އީރާނުގެ ޖަނާޒާއިން މުސްލިމު ދިވެހި ވަފްދެއް ނުފެނުނު!

ދުނިޔޭގައި މިހާތަނަށް ބޭއްވި ރިކޯޑް މުގުރާލި އެންމެ ބޮޑު ޖަނާޒާ އިސްލާމީ އީރާނުގައި ބާއްވާފައިވާއިރު، ދިވެހި ސަރުކާރުން އެ ޖަނާޒާއަށް ވަފްދެއް ފޮނުވާފައެއް ނުވެއެވެ. ކުރިން ވަފްދެއް ފޮނުވާނެ ކަމަށް އިއުލާން ކުރި ނަމަވެސް، އެ ވަފްދު ނުފެނުމުން އެކަމުގެ މައުލޫމާތު ސާފުކުރުމަށް ސަރުކާރުގެ ތަރުޖަމާނަށް ގުޅުމުން، އޭނާ ފޯނަށް ޖަވާބު ނުދެއްވުމުން އެ މައުލޫމާތު ލިބޭގޮތެއް ވަނީ ނުވެފައެވެ.

މި ޖަނާޒާގައި ބައިވެރިވި ކޮންމެ ގައުމަކަށް، އެ ގައުމެއްގެ ހާލަތާ ގުޅޭފަދަ އާޔަތެއް އިއްވައި، އީރާނުން ވަނީ ހާއްސަ މެސެޖެއް ދީފައެވެ.

ހިތަށް އަރަނީ، ދިވެހިރާއްޖެއިން މި ޖަނާޒާގައި ބައިވެރިވި ނަމަ، ދިވެހި ވަފްދަށް އީރާނުން އިއްވާނީ ކޮން އާޔަތެއް ބާވައެވެ؟ މިއީ އެއްވެސް ހައްގަކާ ނުލައި އެއް ޒަމާނެއްގައި އީރާނާ ގުޅުން ކަނޑާލި ގައުމެވެ!

وَلِلَّهِ فِي خَلْقِهِ شُؤُونٌ

ހިއްސާ ކުރައްވާ!