ޝަހީދު ޚާމަނާއީގެ ޖަނާޒާއަށް ދިޔަ ސްރީލަންކާ ވަފްދަށް ރަތް ދޫލައިގެ މަރުހަބާއެއް

ޝަހީދު އިމާމް އަލީ ޚާމަނާއީގެ ޖަނާޒާގައި ސްރީލަންކާއިން ބައިވެރިވި ވަފްދަށް ޠެހެރާންގެ އިމާމް ޚޮމައިނީ އެއާޕޯޓުން ކިޔާފައި ވަނީ ރަތް ދޫލައިގެ މަރުހަބާއެކެވެ.

އީރާނުގެ ދައުވަތަށް އިޖާބަ ދެއްވަމުން ތެހެރާނަށް ވަޑައިގަތް މި ވަފްދުގައި އިސްކޮށް ހުންނެވީ ސްރީލަންކާ މުސްލިމް ކޮންގްރެސް (އެސް.އެލް.އެމް.ސީ) ގެ ލީޑަރު އަދި ޕާލަމެންޓް މެންބަރު ރައޫފް ހަކީމްއެވެ. އޭނާގެ އިތުރުން ސްރީލަންކާގެ ޕާލަމެންޓުގެ ޑެޕިއުޓީ ސްޕީކަރު ރިޒްވީ ސާލިހް ވެސް ހިމެނުނެވެ. މި ވަފުދާއެކު އީރާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސްރީލަންކާގެ ސަފީރު، ޕްރޮފެސަރ އެމް.އައި. ފަޒީހާ އަޒްމީ ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ހިއްސާ ކުރައްވާ!