ޗައިނާގައި ފެންބޮޑުވުމުގެ ސަބަބުން ޒޫއަކުން 100 އަށްވުރެ ގިނަ ޖަނަވާރު ފިލައިފި

ފެންބޮޑުވުމުގެ ސަބަބުން ޗައިނާގެ ދެކުނުގެ ސަރަހައްދެއްގައި ހުންނަ ޒޫއަކުން، އަލްޕަކާ، ޒީބްރާ، އަދި އޮސްޓްރިޗް ފަދަ 100 އަށްވުރެ ގިނަ ޖަނަވާރު ފިލައިފިއެވެ. މި ޖަނަވާރުތައް ފިލާފައިވަނީ މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޒޫގެ ޖަނަވާރުތައް ގެންގުޅޭ ހޮހޮޅަތަކާއި ގޮޅިތަކަށް ގެއްލުން ލިބުމާ ގުޅިގެންނެވެ.

މިދިޔަ ދުވަސްތަކުގައި 'މައިސާކް' ކިޔާ ތޫފާނަކާއެކު ޗައިނާގެ ގުއަންގްޒީ ސަރަހައްދަށް ކުރި ވިއްސާރައިގައި ބޮޑެތި ފެންބޮޑުވުންތަކެއް ހިނގައި، މަދުވެގެން 39 މީހުން މަރުވެ، 130،000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރަން ޖެހިފައެވެ.

މި ކާރިސާގެ އަސަރު ގުއިގަންގް ޒޫއަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވެއެވެ. ޒޫ ހިންގާ ފަރާތުން ބުނެފައިވަނީ "ހުއްޓުމެއްނެތި ބޯކޮށް ވެހުނު ވާރޭގެ ސަބަބުން" ޖަނަވާރުތައް ބައިތިއްބާ ތަންތަނަށް ގެއްލުންވެ، ޖަނަވާރުތައް ބޭރަށް ނުކުމެފައިވާ ކަމަށެވެ. އަދި ގެއްލުނު ޖަނަވާރުތައް ހޯދުމަށް އެހީތެރިވެދިނުމަށް އާންމުންގެ ކިބައިން އެ ފަރާތުން ވަނީ އެދިފައެވެ. މި ޖަނަވާރުތައް ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

ހިއްސާ ކުރައްވާ!