ޖަޕާނުގެ ދެކުނުގެ ކިއުޝޫ އައިލެންޑްގެ ކުމާމޯޓޯ ޕްރޮފެކްޗަރއަށް 7.1 ގެ ބާރުގަދަ ސުނާމީއެއް އައިސް، އެ ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރެފިއެވެ.
ޖަޕާނުގެ މީޓިއޮ ރޮލޮޖިކަލް އޭޖެންސީން ބުނެފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު (ގާތްގަނޑަކަށް 6 މޭލު) އަޑިއަށެވެ. އަދި މިއީ ޖަޕާނުގެ ބިންހެލުންތަކުގެ ބާރުމިން މިންކުރާ "ޝިންޑޯ" މިންގަނޑުން އެންމެ މަތީ ދަރަޖަ ކަމަށްވާ ލެވަލް 7 ގެ ބިންހެލުމެކެވެ.
މި ބިންހެލުމާ ގުޅިގެން ޖަޕާނުގެ ކެބިނެޓް އޮފީހުގެ ޑިޒާސްޓަރ މެނޭޖްމަންޓް ޑިވިޜަނުން ވަނީ ކުމާމޯޓޯގެ ހުޅަނގު އައްސޭރިފަށުގައިވާ އާރިއާކޭ ކަނޑާއި ޔަޓްސުޝިރޯ ކަނޑުގެ ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ނެރެފައެވެ. އަދި އަތީރިމަތީ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ވަގުތުން އެ ސަރަހައްދުތަކުން ދުރަށް ދިއުމަށާއި، އިންޒާރު އުވާލަންދެން އެފަދަ ސަރަހައްދުތަކާ ކައިރިނުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކުމާމޯޓޯއަށް 2016 ވަނަ އަހަރުވެސް ވަނީ ބާރުގަދަ ބިންހެލުމެއް އައިސް 50 އަށްވުރެ ގިނަ މީހުން މަރުވެ، 1,800 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައެވެ.




