އީރާނުގެ އަސްކަރީ ވަސީލަތްތަކަށް ހަމަލާދީފިނަމަ އެމެރިކާގެ ހަކަތައިގެ ނިޒާމަށް ނުރައްކާތެރި ހަމަލާތަކެއް ދޭނެ

އީރާނުގެ އަސްކަރީ ވަސީލަތްތަކަށް ހަމަލާދީފިނަމަ އެމެރިކާގެ ހަކަތައިގެ ނިޒާމަށް ނުރައްކާތެރި ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ދީފިއެވެ. އީރާނުގެ ސިފައިންގެ އެންމެ ބާރުގަދަ ގޮފި ކަމަށްވާ ރިވޮލިއުޝަނަރީ ގާޑްސް އިން ވަނީ އެމެރިކާއަށާއި އެ ގައުމުގެ ބައިވެރިންނަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އީރާނުގެ އަސާސީ އުމްރާނީ ވަސީލަތްތަކާއި އިގްތިސާދީ މަރުކަޒުތަކަށް އެއްވެސް ބާވަތެއްގެ ނުރައްކަލެއް ކުރިމަތިކުރުވައިފިނަމަ، އެމެރިކާގެ ހަކަތައިގެ މަގުތަކަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެމެރިކާގެ މުހިންމު މަޞްލަޙަތުތަކަށް އަމާޒުކޮށް ފަނާކުރަނިވި ހަމަލާތަކެއް ދޭނެ ކަމަށް އައިއާރުޖީސީ އިން ވަނީ ބުނެފައެވެ.

އައިއާރުޖީސީގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އީރާނުގެ ސިޔާދަތަށް ނުވަތަ ގައުމީ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމަކީ އެމެރިކާއަށް އޭގެ ނޭދެވޭ އަސަރު އިންތިހާއަށް ފޯރާނެ ކަމެކެވެ.

"އަޅުގަނޑުމެންގެ ބިނާރާއި ވަސީލަތްތަކަށް ނުރައްކާކުރުމަކީ އެމެރިކާގެ ހަކަތައިގެ ނިޒާމުގެ މައި ނާރުތަކަށާއި އެ ގައުމުގެ އިގްތިސާދީ މުހިންމު ވަސީލަތްތަކަށް ސީދާ ރައްދު ހަމަލާދިނުމަށް ހުޅުވޭ ދޮރެއް،" ބަޔާނުގައި ވެއެވެ. މިއީ މެދުއީރުމަތީގައި ހަމަނުޖެހުން ުއފައްދައި އެމެރިކާ ބަލިވިކަން ފޮރުވުމަށް ޓްރަމްޕް ރާވަމުންދާ ކަންކަމަށް ދީފައިވާ ސީދާ އިންޒާރެކެވެ.

ހިއްސާ ކުރައްވާ!